Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 22:9 - ކިތާބުލް މުޤައްދަސާ

9 ދީލަތި މީހުންނަށް ބަރަކާތް ލައްވާނެތެވެ. އެހެނީ އެމީހުންނަކީ ފަގީރުންނަށް ކާންދޭ ބައެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 22:9
29 ပူးပေါင်းရင်းမြစ်များ  

އޯގާވެރިކަމުން ހެޔޮ ބަދަލު ލިބެއެވެ. އަނިޔާވެރިކަމުން އޭނާއަށް ގެއްލުމާ ހަލާކު ލިބެއެވެ.


ދީލަތިކަމުން ތަނަވަސްކަން ލިބެއެވެ. އަނެކާއަށް ފެންފޮދެއް ދޭމީހާއަށް ފެން ލިބޭނެއެވެ.


ހެޔޮކަމަށް ބާރު އަޅާ މީހާއަށް އިޙްތިރާމް ލިބެއެވެ. މައްސަލަ އުފައްދަން އުޅޭ މީހާއާ ކުރިމަތިވާނީ މައްސަލަތަކެވެ.


ގާތް މީހާއާ މެދު ކުޑައިމީސްކޮށް ހިތުމަކީ ފާފައެކެވެ. މުހުތާދެއްގައިވާ މީހާއަށް އެހީވުމަކީ ބަރަކާތެކެވެ.


ފަގީރަކަށް އެހީވެއްޖެނަމަ އެއީ މާތްރަސްކަލާނގެ ކިބަފުޅަށް ދޫކުރެވޭ ދަރަންޏެކެވެ. އެކަލާނގެ އެ ދަރަނި އަދާކޮށް ދެއްވާނެއެވެ.


ފަގީރުމީހާއަށް ބީރު ކަންފަތްދޭ މީހާ ކަމަކަށް ބޭނުންވާ ދުވަހު އެ އަޑު އަހާނެ މީހަކު ނުހުންނާނެއެވެ.


މައިންބަފައިންގެ ތަކެތިން ވައްކަން ކުރާ މީހާ ބުނެފާނެއެވެ. ”⁠އެއީ ދެން އެހާވަރުގެ ކަމެއްހެއްޔެވެ؟⁠“ މިފަދަ މީހުންނަކީ ގާތިލަކަށް ވުރެން ވަކި ރަނގަޅު ބައެއް ނޫނެވެ.


ފަގީރު މީހަކަށް އެއްޗެއްދޭ މީހާއަކަށް އެއްޗެއް އުންޏެއް ނުވެއެވެ. އެކަމަކު ފަގީރުކަމަށް ކަނުލޮލެއް ދޭ މީހާއަށް މާތްރަސްކަލާނގެ ލަޢުނަތް ލައްވައެވެ.


އޭނާ ފަގީރުންނަށް އެހީވާނެއެވެ. ބޭނުން ޖެހޭ މީހުންނަށް ދީލަތި ވާނެއެވެ.


އަހަރެންގެ ފައިސާއިން އަހަރެން ބޭނުން ގޮތަކަށް އަމަލު ކުރެވޭނޭ. އެބައިމީހުންނަށްޓަކާ އަހަރެން ދީލަތި ވީތީ ތިޔަބައިމީހުން ޙަސަދަވެރި ވީތަ؟⁠‘


ކައިވެނީގައި ތެދުވެރި ނުވުން، ދަހިވެތިކަން، އަނިޔާވެރިކަން، ޚިޔާނާތްތެރިކަން، ވަޙުޝީ ނުބައި އަމަލުތައް ކުރުން، ޙަސަދަވެރިކަން، ބަދުނާމުކުރުން، ބޮޑާކަމާއި ކިބުރުވެރިކަން، ޖާހިލުކަން.


ކަލޭ ބޮޑުކެއުމެއް ތައްޔާރުކުރަނީ ނަމަ ފަގީރުންނަށާއި ނުހިނގޭ މީހުންނަށާއި ވާބަލި ޖެހިފައިވާ މީހުންނަށާ ލޯއަނދިރި މީހުންނަށް ދަޢުވަތު ދީ.


އަހަރެން ކުރި ހުރިހާ ކަމަކުން ވެސް އަހަރެން ކަލޭމެންނަށް ހާމަކޮށްދޭން ބޭނުންވީ ގައިގައި ބާރު ނެތް މީހުންގެ ބޭނުންތަކަށް އެހީވެދިނުމަށް ކަލޭމެންގެ އަތުންފައިން މަސައްކަތް ކުރުން. މާތް ސާހިބާ އީސާގެފާނުގެ ބަސްފުޅުގެ މަތިން ހަނދާން ކުރޭ. އެކަލޭގެފާނު ވިދާޅުވި. ’⁠ލިބިގަތުމަށް ވުރެ ދިނުން އެއީ މާ ބޮޑު ރަޙުމަތެކޭ.⁠‘⁠“


އަދި ހެޔޮ އަމަލުތައް ކުރުމަށާއި ބޭނުންޖެހިފައިވާ އަނެކުންނަށް އެހީވުމަށް ހަނދުމަ ނައްތާނުލާށެވެ. އެހެނީ މިކަންކަމަކީ އެކަލާނގެ ރުހިވޮޑިގަންނަވާ ޤުރުބާނީތަކެވެ.


މާތްރަސްކަލާނގެ ދުވަހަކު ވެސް ބޭއިންސާފުވެރިވެ ވޮޑިއެއް ނުގަންނަވައެވެ. އެކަލާނގެއަށްޓަކައި ކަލޭމެން ކުޅަ ކަންތަކާއި ދެއްކި ލޯތްބާއި މަސީޙީންނަށް ވީ އެހީއާއި މިހާރު ވެސް ވަމުންގެންދާ އެހީތަކުގެ މަތިން އެކަލާނގެ ހަނދުމަފުޅު ނައްތަވާ ނުލައްވާނެއެވެ.


ފުރާގު ލިބުމަށާއި ދިރިއުޅޭނޭ ތަނަކަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް އުފާވެރިކަމާއެކު ތިޔަބައިމީހުންގެ ހިޔާވަހިތައް ޙިއްޞާކުރާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ