6 ދަރިންނަށް ތަރުބިއްޔަތުދީ ރަނގަޅު މަގު ދައްކާށެވެ. އޭރުން އެމީހުން ބޮޑެތިވީމާ އެ މަގުން ހިނގާނެއެވެ.
ތިމަންކަލާނގެ އޭނާ މިއައްޔަންކުރީ އޭނާގެ ދަރިންނަށާ މުޅި ދަރިކޮޅަށް ތިމަންކަލާނގެ އެންގެވި މަގުން ސާލިޙު، އިންސާފުވެރިގޮތުގައި ކަންތައްކުރުމަށް ދަސްކޮށްދީ ތިމަންކަލާނގެއަށް ކިޔަމަންތެރި ވުމަށް ދަސްކޮށް ދިނުމަށް. އޭރުން ތިމަންކަލާނގެ އޭނާއަށް ވަޢުދުވީ ފަދައިން ހުރިހާ ކަމެއް ކުރައްވާ ހުށީން.“
ބަފައިންނޭވެ. ތިޔަބައިމީހުންގެ ދަރިންނާއިމެދު ހިތާހިތުމުގައި އެދަރިން ރުޅިއަރާފަދަ ގޮތަކަށް އަމަލުނުކުރާށެވެ. އޭގެބަދަލުގައި އެދަރިންނާއިމެދު އަޅާލުމާއިއެކު މާތް ސާހިބާ އެދިވަޑައިގަންނަވާ ފަދައިން ނަސޭޙަތްތެރިވެ އުނގަންނައިދީގެން ބޮޑެތިކުރާށެވެ.
ތިބާ ތުއްތު އިރުންސުރެން މުޤައްދަސް ފަތްފުށްތައް ތިބާ ދިޔައީ އުނގެނެމުންނެވެ. އެތަކެތިން ތިބާއަށް އެނގިގެންވީ ޙިކުމަތާއި ދިންނެވުން ލިބިދެނީ އީސާ އަލްމަސީޙާއި މެދުގައި ވީ ފުރިހަމަ އިތުބާރަކުން ކަމުގައެވެ.
އަޅުގަނޑު އައިސް މިހިރީ މިދަރިފުޅު މާތްރަސްކަލާނގެ ކިބަފުޅަށް ވެދުމަށް އެރުވުމަށް. މި ދަރިފުޅުގެ މުޅި އުމުރަށް އެކަލާނގެ ކިބަފުޅަށް ހިބަކޮށް ހަދިޔާ ކުރުމަށް.“ ދެން އެކުއްޖާ އެތަނަށް ދޫކޮށްލާފައި އެމީހުން އެތަނުގައި ތިބެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރިއެވެ.
ކުޑަކުޑަ ޞަމޫއީލް ބޮޑުވެ ރޫފަ ޖެހިއްޖެއެވެ. މީސްތަކުންނާއި އަދި މާތްރަސްކަލާނގެ ރުހުން އޭނާ ހޯދިއެވެ.