Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 22:29 - ކިތާބުލް މުޤައްދަސާ

29 ރަނގަޅު ގޮތުގައި ބުރަ މަސައްކަތް ކުރާ މީހަކު ދުށިން ހެއްޔެވެ؟ އޭނާ މަސައްކަތް ކުރަނީ އާދައިގެ މީހުންގެ ގާތަކު ނޫނެވެ. ރަސްގެފާނުގެ އަރިހުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 22:29
19 ပူးပေါင်းရင်းမြစ်များ  

ދެން ފިރުޢައުނު ރަސްގެފާނު ދަރުބާރުގައިވާ ހުރިހާ އެންމެންނަށް ވިދާޅުވިއެވެ. ”⁠ޔޫސުފުއަށް ވުރެން ފުރިހަމައަށް ތިޔަ ކަންތައްތައް ޙައްލު ކުރެވޭނޭ މީހަކު އަހަރެމެންގެ ތެރެއިން ހޯދިދާނެތަ؟ މާތްކަލާނގެ ރޫޙުފުޅު އޭނާއާއި އެކުގައި ވޮޑިގެންވޭ!⁠“


މިޞްރުގެ ރަސްގެފާނު، ފިރުޢައުނަށް ޔޫސުފުގެފާނު ޚިދުމަތް ކޮށްދެއްވަން ފެއްޓެވިއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ ތިރީސް އަހަރުފުޅެވެ. އަދި ރަސްގެފާނުގެ ދަރުބާރުން ނުކުމެ ވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނު މުޅި މިޞްރު ބައްލަވާލެއްވުމަށް ދަތުރުފުޅު ކުރެއްވިއެވެ.


އެބައިމީހުން މިޞްރުގައި ދިރިއުޅޭނޭ ތަނެއް ޚިޔާރު ކުރައްވައި އެބައިމީހުންނަށް ދެއްވުމަކީ ތިބާ ކުރަން ޖެހެނޭ ކަމެއް. އަދި މިޞްރުގެ އެންމެ ރަނގަޅު ހިސާބު ކަމުގައިވާ ޖާސާންގައި ދިރިއުޅުމަށް އެމީހުންނަށް ބިން ދީ. އަދި އޭގެތެރެއިން ހުއިހެއްޕުމުގެ މަސައްކަތަށް އެންމެ އެކަށޭނަ ފަރާތްތަކަށް އަހަރެންގެ ކަންބަޅިތަކާއި ނަޢަމްސޫފިތައް ބެލެހުއްޓުން ވެސް ޙަވާލުކުރޭ.⁠“


ޔުއާބުގެ މީހުން އަސާހިލުގެ ހަށިގަނޑު ނަގައިގެންގޮސް ބައިތުލަޙަމުގައި އޭނާގެ ބައްޕަގެ މަހާނަ ކާރީ ވަޅުލައިފިއެވެ. އެއަށް ފަހު ޔުއާބްއާއި އޭނާގެ މީހުން އެރޭ ދަތުރުކޮށް އިރު އަރަންވާއިރަށް ޙަބްރޫނަށް އަތުވެއްޖެއެވެ.


ކަންނެތްކަން މީހާ ފަގީރު ކުރުވައެވެ. ގަދަ މަސައްކަތް މީހާ މުއްސަނދި ކުރުވައެވެ.


ގަދައަޅާ މަސައްކަތް ކުރީމާ ވެރިޔަކަށް ވެދެއެވެ. ކަންނެތް މީހާ އަޅަކަށް ވެއެވެ.


ވެރިމީހާއާ އެކު ކެއުމުގައި ބައިވެރިވާއިރު ކާން ގެނެސްފައި ހުންނަ ތަކެއްޗަށް ސަމާލުކަން ދޭށެވެ.


ސާހިބުމީހާ ބުނި. ’⁠ވަރަށް ރަނގަޅު. ކަލެއަކީ ރަނގަޅު ވަފާތެރި ޚާދިމެއް. ކަލޭ ކުޑަ ފައިސާގެ މިންވަރަށް ވަފާތެރިވި. އެހެންވެ އަހަރެން ކަލެއާ ގިނަ މުދާތައް ހަވާލު ކުރާނަން. އަހަރެންގެ ކައިރިއަށް އައިސް އަހަރެންގެ މި އުފަލުގައި ބައިވެރިވޭ.⁠‘


ސާހިބުމީހާ ބުނި. ’⁠ވަރަށް ރަނގަޅު. ކަލެއަކީ ރަނގަޅު ވަފާތެރި ޚާދިމެއް. ކަލޭ ކުޑަ ފައިސާގެ މިންވަރަށް ވަފާތެރިވި. އެހެންވެ އަހަރެން ކަލެއާ ގިނަ މުދާތައް ހަވާލު ކުރާނަން. އަހަރެންގެ ކައިރިއަށް އައިސް އަހަރެންގެ މި އުފަލުގައި ބައިވެރިވޭ.⁠‘


މާތްރަސްކަލާނގެ ބަސްފުޅުން މީސްތަކުންނަށް ޚުތުބާ އިއްވާށެވެ. ވަގުތާއި ޙާލަތުގައި ހިތްހަމަޖެހިގެން ވިޔަސް ނުވިޔަސް މިގޮތުގައި ދެމިހުރުމަށެވެ. ތިބާގެ އުނގަންނައި ދިނުމުގައި މަޑުމައިތިރި ކަމާއެކު ނަސޭހަތްދީ އިސްލާޙުކޮށް އަދި ހިތްވަރު ދިނުމަށެވެ.


ދާއޫދު އައުމުން އެކަލޭގެފާނުގެ ޚާދިމުންގެ ތެރެއަށް އޭނާ ލެއްވިއެވެ. ޝާއުލްގެފާނު ދާއޫދާމެދު ހިތްޕުޅާ ހަމަވީވަރުން އެކަލޭގެފާނުގެ ހަތިޔާރު އުފުލާ މީހާގެ މަޤާމު އޭނާއަށް ދެއްވިއެވެ.


ދާއޫދު ބުނި ބަސްތައް ބަޔަކަށް އަޑުއިވިގެން ގޮސް ޝާއުލްގެފާނަށް ދަންނަވައިފިއެވެ. ރަސްގެފާނު ވަގުތުން ދާއޫދު ގެންނަވައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ