27 އެލާރި ކަލެއަށް ދެވެން ނެތިއްޔާ އެމީހުން ކަލޭ ނިދާފައި އޮތްވާ ކަލޭގެ އެނދު ވެސް ގެންގޮސްފާނެއެވެ.
ނުދަންނަ މީހެއްގެ ދަރަނި ބޮލުގައި އެޅުމުގެ މޮޔަ ނަހަދާށެވެ. އެހެން ނޫނީ ރަހުނުގެ ގޮތުގައި ތިމާގެ އަމިއްލަ މުދާތައް ބަހައްޓަން ޖެހިދާނެއެވެ. އެއީ ބީރައްޓެއްސެއް ނަމަ އެ ދަރަނީގެ ބަދަލުގައި އެއްޗެއް ރަހުނުގެ ގޮތުގައި އަތުލާށެވެ.