22 ފަގީރެއްގެ އަތުން އެއްޗެއް ވަގަށް ނެގެން އޮތަސް ނުނަގާށެވެ. އަދި ފަނޑިޔާރުގޭގައި މިސްކީނެއްގެ ޙައްޤަކަށް އަރައި ނުގަންނާށެވެ.
އެމީހާއަކީ ދެރަ މީހަކަށް ވީތީ އޭނާގެ ކޮޅަށް ވެސް ބުރަ ނުވާތި.
ނިކަމެއްޗަކަށް ވީތީ އޭނާއަށް ޝަރީޢަތުގައި ލިބެންޖެހޭ އިންސާފަށް ހުރަސްނާޅާތި.
ނުބައި މީހާގެ ނުބައި ނުލަފާކަން އޭނާ ހަލާކު ކޮށްލައެވެ. އެއީ އެމީހުން އިންސާފުން ކަންތައް ނުކުރާތީއެވެ.
ފަގީރުންނަށް ދަތިކޮށް ނުވަތަ މުއްސަނދިންނަށް ހަދިޔާ ދީގެން ފައިދާނަގާ މީހާ ނިމިގެންދާނީ ފަގީރުކަން މަތީގައެވެ.