18 އެހެނީ މިބަސްތައް ހިތުގައި ހުރުމަކީ ރަނގަޅު ކަމެކެވެ. އޭރުން މިބަސްތައް ވަގުތުޖެހުމުން ދުލުކުރިއަށް އަންނާނެއެވެ.
ތަންދޮރު އެނގޭ މީހާގެ ދުލުން ބޭރުވާނީ ބުއްދިވެރި ބަސްތަކެވެ. މޮޔައިންނާ ކުރިމަތިވާނީ ލަޓިބުރީގެ ވޭނެވެ.
ހެޔޮމީހެއްގެ އިރުޝާދުތަކުން މީސްތަކުންނަށް ފައިދާ ލިބެއެވެ. މޮޔައިން ބުނާ ބަސްތަކުން އެމީހުން ހަލާކުވެ ނެތިދެއެވެ.
ޙިކުމަތްތެރިޔާގެ ދުލުން ބޭރުވާ ބަސްތަކުން ތަންދޮރު އޮޅުންފިލައެވެ. މޮޔަމީހާގެ ހިތުގައި ހުންނާނީ ޖާހިލު ބަސްތަކެވެ.
ޙިކުމަތްތެރިން އެނގޭނީ އެމީހުން ތަންދޮރު ދަންނަ މިންވަރަކުންނެވެ. ހިތްހެޔޮކަމާއެކު ބުނާ ބަސްތަކުން މީހުން އޭނާގެ މައްޗަށް ލެނބެއެވެ.
އެހެނީ ކަލޯ އޭރުން ހުންނާނީ ވިސްނުންތެރި އަކަށް ވެފައެވެ. އަދި އިލްމު ކަލޯގެ ހިތަށް ފިނިކަން ލިއްބައިދޭނެއެވެ.
އަހަރެން މިއަދު ކަލެއަށް މި ބަސްތައް ދަސްކޮށް ދެމެވެ. އާނއެކެވެ. ކަލެއަށެވެ. އެއީ ކަލޭ ލައްވާ މާތްރަސްކަލާނގެއަށް ވަކީލު ކުރުވުމަށެވެ.
ރަނގަޅު ވަގުތުގައި ބުނެލާ ހެޔޮ ބަހެއް ރިހި ވަށިގަނޑެއްގައި ހުންނަ ރަން އާފަލުތަކެއް ފަދައެވެ.
ވިސްނުންތެރިކަމަކީ ދިރިއުޅުން އުފާވެރި ކޮށްދީ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭ އެއްޗެކެވެ.
ދަރިފުޅާއެވެ! އަހަރެން މިބުނާ އެއްޗެއްގެ އަޑު ނިކަން ރަނގަޅަށް އަހާށެވެ.
އަހަރެން މިބުނާ އެންމެ ލަފުޒެއް ވެސް ވައްޓާ ނުލާށެވެ. އެ ބަސްތަކުން ހިތުގައި ބިންވަޅު ނަގާށެވެ.
ނިކަން އަޑުއަހާށެވެ. އަހަރެން މިބުނަނީ އަގުހުރި ބަސްތަކެވެ. ތެދުބަސްތަކެވެ.
އަހަރެންނަށް އީމާންވާ ކޮންމެ މީހެއްގެ ހިތުގައި ވެސް، މާތްރަސްކަލާނގެ ވަޙީ ބަސްފުޅުގައި ލިޔެވިގެންވާ ފަދައިން، ދިރުން ލިބޭ ފެން އާރުތައް ވެސް އުތުރި އަރާނެ.“
އެހެންވީމާ، އަހަރެމެން މާތްރަސްކަލާނގެއަށް އީސާގެފާނު މެދުވެރިކޮށް ހުށަހަޅަމުން މިގެންދާ ޤުރުބާނީތައް ހުށަހެޅުން ހުއްޓާލައިގެން ނުވާނެއެވެ. އެ ޤުރުބާނަކީ އަހަރެމެންގެ ދޫތަކުން އެކަލޭގެފާނުގެ ނަންފުޅުގަނެ މާތްރަސްކަލާނގެއަށް ޙަމްދުސަނާ ދަންނަވައި ކުރާ ޤުރުބާނީއެވެ.