13 ކަންނެތް މީހާ ބުނެތެވެ. ”އަހަރެން މަސައްކަތަށް ނުކުމެއްޖެއްޔާ ސިންގާއެއް އައިސް ކައިފާނެއެވެ. އޭރުން އަހަރެން މަރުވެދާނެއެވެ.“
ކަންނެތް މީހާގެ މަގުގައި ހުންނާނީ ކަށިކުނބުރެވެ. ޞާލިޙު މީހާގެ މަގު އޮންނާނީ ސާފުވެ ހާމައަށެވެ.
ކަންނެތް މީހުންނަށް ގުގުރިދަމައި ނިދާލެވިދާނެއެވެ. އެކަމަކު ކަންނެތްކަމުން ލިބޭނީ ބަނޑުހައިކަމެވެ.
ތަންދޮރު ދަންނަ މީހުންނަށް މާތްރަސްކަލާނގެ ރައްކާތެރިކަން ދެއްވައެވެ. އެކަމަކު ދޮގުވެރިޔާގެ ކެހިވެރި ނުބައި ރޭވުންތައް އެކަލާނގެ ހަލާކުކޮށްލައްވައެވެ.