12 ތަންދޮރު ދަންނަ މީހުންނަށް މާތްރަސްކަލާނގެ ރައްކާތެރިކަން ދެއްވައެވެ. އެކަމަކު ދޮގުވެރިޔާގެ ކެހިވެރި ނުބައި ރޭވުންތައް އެކަލާނގެ ހަލާކުކޮށްލައްވައެވެ.
ރަނގަޅު މީހާއަށް ތެދުވެރިކަން މަގުދައްކާނެއެވެ. ދޮގުވެރިޔާ ބެދޭނީ އޭނާގެ ކެހިވެރިކަމުގެ މަޅީގައެވެ.
ސާފު ހިތަކުން އޯގާވެރި ބަސްތައް ބުނާ މީހަކު ވާނީ ރަސްގެފާނުގެ ގާތް ރައްޓެއްސަކަށެވެ.
ކަންނެތް މީހާ ބުނެތެވެ. ”އަހަރެން މަސައްކަތަށް ނުކުމެއްޖެއްޔާ ސިންގާއެއް އައިސް ކައިފާނެއެވެ. އޭރުން އަހަރެން މަރުވެދާނެއެވެ.“
ނަމަވެސް އެމީހުން އެ ކުރާ ކަންތައްތައް އެކުރަނީ މާތްރަސްކަލާނގެ އެންގެވި އެންގެވުމަށް ކަމުގައި ވަނީ ނަމަ ކަލޭމެންނަކަށް އެމީހުންނެއް ނުހުއްޓުވޭނެ. އަދި ކޮބާ އޭރުން ކަލޭމެންނަށް އެ އިދިކޮޅު ވެވެނީ މާތްރަސްކަލާނގެ ކިބަފުޅާއި މެދު ކަމުގައި ވެސް ވެދާނެ.“
އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅު ވާނީ އޭގެ ފަހުންނެވެ. ނަމަވެސް މާތްސާހިބާ އީސާގެފާނު އޭނާ ގަތުލު ކުރައްވާނީ އެކަލޭގެފާނުގެ ނޭވާފުޅު ލައްވައެވެ. އަދި މާތްސާހިބާ ވަޑައިގެންނެވުމުގެ މަތިވެރިކަމުން އޭނާ މުޅީންމެ ނެތިކޮށްލާނެއެވެ.