9 ޒީލަގަދަ އަންހެނަކާ އެކު ރީތި ގެއެއްގައި އުޅުމަށް ވުރެން ފުރާޅުމަތީގައި އެކަނި އިންނަން ވެސް މާ ހިތަށް ފަސޭހައެވެ.
ހެޔޮ އަނތްބަކީ ފިރިމީހާއަށް ލިބޭ ޖަވާހިރެއް ފަދަ އަގުހުރި އެއްޗެކެވެ. ލަދުކުޑަ އަންހެނާއަކީ ފިރިމީހާގެ ކައްޓަށް ޖެހޭ ކެންސަރެއް ފަދަ އެއްޗެކެވެ.
ނަފްރަތުގެ ތެރޭގައިކާ ބޮޑު ކޭމަކަށް ވުރެން ލޯތްބާއެކު ލިބޭ ކުޑަ ކާއެތިކޮޅު މާރަނގަޅެވެ.
ހަމަނުޖެހުމެއްގެ ތެރޭގައި އިނދެ ކާ ބިރިއާންޏަކަށް ވުރެން ހަމަޖެހިގެން ހަމަހިމޭން ތަނެއްގައި އިނދެކާ ފާރޮށި ކުނޑިކޮޅު ވެސް މާ ރަނގަޅެވެ.
މޮޔަދަރިން މައިންބަފައިން ބަރުބާދު ކުރެއެވެ. ޝަކުވާ ކުރާ އަނބިމީހާއެކޭ ހުއްޓާނުލާ ބޮލަށް ޖަހާ ފެންތިކިތަކެކޭ އެއްގޮތެވެ.
ނުބައި މީހުން ކުރަން ބޭނުންވާނީ ނުބައި ކަންތަކެވެ. އެމީހުންގެ އަވަށްޓެރިންނަށް އެމީހުންގެ ހެވެއް ނުލިބެއެވެ.
އަނގަހުއްޓާނުލާ ޒުވާބުކޮށް ޝަކުވާ ކުރާ އަންހެނަކާ އެކު އުޅުމަށް ވުރެން ހަނަފަސް ސަހަރާގެ ތެރޭގައި އެކަނި އުޅުން ވެސް މާރަނގަޅެވެ.
ކުށްވެރިޔާ ދަތުރުކުރާނީ ގުދުލާފައި އޮންނަ މަގުންނެވެ. ކުށެއް ނެތް މީހާ ދަތުރުކުރާނީ ސީދާމަގުންނެވެ.
އަނގަ ހުއްޓާނުލާ ކުދިކިޔާ އަންހެނަކާއެކު ހިތްގައިމު ގެޔަކު ދިރިއުޅުމަށް ވުރެން ފުރާޅު މައްޗަށް އަރައި އެކަނި އިންނަން ވެސް މާ ހިތަށް ފަސޭހައެވެ.