Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 21:5 - ކިތާބުލް މުޤައްދަސާ

5 ރަނގަޅު ތަދުބީރާއި ބުރަމަސައްކަތް މީހާއަށް ތަނަވަސްކަން ގެނެސްދެއެވެ. އަވަސް އަރުވައި މަގު ކުރުކޮށްލުމުން ހައިހޫނުކަން ގެނުވައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 21:5
10 ပူးပေါင်းရင်းမြစ်များ  

ކަންނެތްކަން މީހާ ފަގީރު ކުރުވައެވެ. ގަދަ މަސައްކަތް މީހާ މުއްސަނދި ކުރުވައެވެ.


ކަންނެތް މީހާ ކިތަންމެ ބޭނުންވިޔަސް އެކައްޗެއް ވެސް ނުލިބެއެވެ. ބުރަ މަސައްކަތް ކުރާ މީހާއަށް ހުރިހާ އެއްޗެއް ލިބެއެވެ.


ރުޅިމަޑުމީހާގެ ކިބައިގައި ހަމަ ވިސްނުން ހުންނާނެއެވެ. ރުޅިގަދަ މީހާ ކުރާނީ މޮޔަ ކަންތަކެވެ.


އިލްމާ ނުލައި ފޯރިހިއްޕުމަކުން ވާނެ މޮޅެއް ނޯވެއެވެ. އަވަސް އަރައިގެން އުޅުމުން ހެދޭނީ ހައްތާ ގޯހެވެ.


ކުއްލިގޮތަކަށް ލިބޭ މުދާގަނޑެއްގައި ބަރަކާތެއް ނުވެއެވެ.


ދަހި މީހުން އަވަސްގޮތަކުން މުއްސަނދިވާން އުޅެއެވެ. އެކަމަކު އެމީހުން އެދަނީ ފަގީރު ކަމާ ދިމާއަށް ކަމެއް އެމީހުންނަކަށް ނޭނގެއެވެ.


ވިސްނާނުލާ ބަސްބުނާ މީހާއަށް ވުރެން މޮޔައަކަށް ވެސް މާ އުންމީދު ބޮޑެވެ.


ތިޔަބައިމީހުންގެ ތެރޭގައި ވައްކަންކުރާ ބަޔަކުވާނަމަ، ވައްކަންކުރުން ހުއްޓައިލާށެވެ. އޭގެބަދަލުގައި ތެދުވެރި ގޮތުގައި މަސައްކަތް ކުރާށެވެ. އޭރުން ބޭނުމެއް ޖެހިފައިވާ ފަރާތްތަކާ މެދު ދީލަތި ވެވޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ