Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 21:25 - ކިތާބުލް މުޤައްދަސާ

25 ކަންކަމަށް ހިތްކިޔަކަސް ވަކިވަރަކަށް ކަންނެތް ވެއްޖެއްޔާ މީހާ ފަނާވެދާނެ އެވެ. އެހެނީ ކަމެއް ކުރާކަށް އެމީހާގެ އަތެއްފަޔެއް ގުޑައެއް ނުލާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 21:25
13 ပူးပေါင်းရင်းမြစ်များ  

ގަދައަޅާ މަސައްކަތް ކުރީމާ ވެރިޔަކަށް ވެދެއެވެ. ކަންނެތް މީހާ އަޅަކަށް ވެއެވެ.


ކަންނެތްވެ ނުކައްކާ މީހާ ހުންނާނީ ހާބަނޑާ އެވެ. ބުރަ އުފުލުމުން އެދޭކަންތައް ހާސިލްވެއެވެ.


ކަންނެތް މީހާ ކިތަންމެ ބޭނުންވިޔަސް އެކައްޗެއް ވެސް ނުލިބެއެވެ. ބުރަ މަސައްކަތް ކުރާ މީހާއަށް ހުރިހާ އެއްޗެއް ލިބެއެވެ.


ކަންނެތް މީހާގެ މަގުގައި ހުންނާނީ ކަށިކުނބުރެވެ. ޞާލިޙު މީހާގެ މަގު އޮންނާނީ ސާފުވެ ހާމައަށެވެ.


ކަންނެތް މީހާ ކާނާ އަތަށް ނަގައެވެ. އެކަމަކު އޭނާ އެކާނާ އަނގަޔާ ހަމަޔަކަށް ނުގެންދެއެވެ.


ރަނގަޅު މޫސުމުގައި ދަނޑު ނުހައްދާ ކަންނެތް މީހާ ކަނޑާނެ ގޮވާމެއް ނުހުންނާނެއެވެ. އޭނާ ކާނެ އެއްޗެއް ވެސް ނުހުންނާނެއެވެ.


ކަންނެތް މީހާ ބުނެތެވެ. ”⁠އަހަރެން މަސައްކަތަށް ނުކުމެއްޖެއްޔާ ސިންގާއެއް އައިސް ކައިފާނެއެވެ. އޭރުން އަހަރެން މަރުވެދާނެއެވެ.⁠“


ކަންނެތް މީހާ ބުނެއެވެ. ”⁠ބޭރުގައި ސިންގާއެއް އެބައޮތެވެ!⁠“


ކަންނެތް މީހާ ހީކުރާނީ ތިމާއަކީ ޙިކުމަތްތެރި ހަތްމީހުންނަށް ވުރެން ވިސްނުންތޫނު މީހެއްކަމަށެވެ.


ސާހިބުމީހާ ބުނި. ’⁠ކަލެއަކީ ނުބައި އަދި ކަންނެތް ޚާދިމެއް! އަހަރެން ހައްދާފައި ނުވާ ދަނޑުން ގޮވާން ކަނޑާ ކަމާއި އަދި އަހަރެން ފަސްގަނޑު ނުޖަހާ ބިމުން ފަޅާ ގަހުން ގޮވާން އެއްކުރާކަން ކަލޭ ދަނޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ