ހަރުބަސްތައް 21:21 - ކިތާބުލް މުޤައްދަސާ21 ޞާލިޙުކަން މަތީ އުޅެ ދެގޮތެއްނުވާ ލޯތްބެއްވާ މީހަކަށް ދިރިހުރުމާއި ތަނަވަސްކަމާއި ޝަރަފު ލިބޭނެއެވެ. အခန်းကိုကြည့်ပါ။ |
މިހާތަނަށް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ހާ ފުރިހަމަކަމެއް ހާސިލު ވެއްޖެ ކަމަކަށް އަހަރެން ނުދެކެމެވެ. ނަމަވެސް އަލްމަސީޙާއި އެކުގައިވެ، އެގޮތުގައި އެ ލަނޑުދަނޑިއާއި ހަމަޔަށް ދެމިގަތުމަށް މިކުރާ މަސައްކަތާއިގެން ކުރިއަށް ދިޔުމުގައި ދެމިހުރީމެވެ. އަލްމަސީޙު އީސާގެފާނު އަހަރެން ޚިޔާރު ކުރެއްވީ އެ ސަބަބަށްޓަކައެވެ.
ތިޔަބައިމީހުންގެ ހުރި އީމާންތެރިކަމެއްގެ ޙަޤީޤަތް ސާބިތުވާނީ މިފަދަ އިމްތިޙާނުތަކުންނެވެ. އެހެނީ ރަން ވެސް އޭގައި ހުންނަ ނުސާފުކަން ސާފުކުރުމަށް އަލިފާނަށް ލާން ޖެހެއެވެ. ތިޔަބައިމީހުންގެ އީމާންތެރިކަން ފަނާވެދާނެ ރަނަށް ވުރެން އަގު ބޮޑެވެފައި މާ މުހިންމު ކަމަށް ވާތީ އެވެ. އެއީ އީސާ އަލްމަސީޙު ފާޅުވެވަޑައިގަންނަވާ ދުވަހު ތިޔަބައިމީހުންނަށް ވެސް އެކަލޭގެފާނުގެ ތާރީފާއި ޖަލާލަތާއި އިއްޒަތުގައި ޝާމިލު ވުމުގެ ޙައްޤު ލިބިގެންދާނެ ގޮތް ވުމަށްޓަކައެވެ.