17 އުފާ ހޯދަން އުޅޭމީހާ ވާނީ ފަގީރެވެ. ރަލާއި ތަނަވަސްކަމުގެ ފަހަތުން ދުވާ މީހާ މުއްސަންޖެއް ނުވެއެވެ.
ނުބައި މީހުންނަށް އަދަބު ލިބޭނީ ހެޔޮ މީހުންނަށް ސަލާމަތްކަން ދިނުމަށެވެ.
ބުއްދިވެރިން ތަނަވަސް ކަމާއި އިއްޒަތުގައި އުޅެއެވެ. މޮޔައިން ލާރިއެއް ލިބޭއިރަށް ތަޅާ ބުރުވާލައެވެ.
ރާބޯމީހުންނާ ގާތްކަން ނުބަހައްޓާށެވެ. އަބަދު ކެއުމައިގެން އުޅޭ މީހުންނާއެކު ކައިބޮއި ނަހަދާށެވެ.
އެހެނީ އެމީހުން އެދަނީ ތަދުމަޑުކަމާ ދިމާއަށެވެ. އެމީހުންގެ ނިދި ގިނަވެ، ލާން ޖެހޭނީ ވީދިފައި ހުންނަ ބާހެދުމެވެ.
ނަމަވެސް މިފަދަ ހުވަފަތް އަންހެނުން އެދުންވެރި ހިތަކައިގެން ދިރިއުޅުން ވޭތުކުރާ ކަމުގައި ވަނީނަމަ ދިރިހުރި ކަމުގައިވިޔަސް ރޫޙާނީ ގޮތުން އެކަނބަލުން ވަނީ މަރުވެފައެވެ.
ރަޙުމަތްތެރިންނަށް ޚިޔާނާތްތެރިވެ، ކަންކަމަށް ފަރުވާކުޑަކޮށް، ފަޚުރުވެރިކަން އިންތިހާގައެވެ. މާތްރަސްކަލާނގެދެކެ ލޯބި ވުމުގެ ބަދަލުގައި މަޖަލަށް ލޯބި ކުރާނެއެވެ.