Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 21:16 - ކިތާބުލް މުޤައްދަސާ

16 ހަމަ ބުއްދި ފިލައިފިމީހާއަށް މަގު އޮޅިގެން ދެވޭނީ މަރުވެފައިވާ މީހުންގެ ތެރެއަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 21:16
20 ပူးပေါင်းရင်းမြစ်များ  

ހެޔޮކަންތައް ކުރަން ހިތުލައިގެން ހުންނަމީހާ ދިރި ހުންނާނެއެވެ. ނުބައިކަންތައް ކުރަން ހިތުލައި ހުންނަ މީހާ މަރުވެ ނެތިދާނެއެވެ.


ބުއްދިވެރި ރަޙުމަތްތެރިންގެ ކިބައިން ލިބޭނީ ވިސްނުމެވެ. މޮޔަ ރަޙުމަތްތެރިންގެ ގާތުން ދަސްވާނީ ހަލާކުގެ މަގެވެ.


އަމުރުފުޅާ އެއްގޮތަށް އުޅޭނަމަ ދިރިހުރުން ލިބޭނެއެވެ. ދެކޮޅުވެރިވެ ގަންނަ މީހާއަށް ދެވޭނީ މަރާ ދިމާއަށެވެ.


އެމީހުންނަކީ ހެޔޮކަންތަކާއި ތެދުމަގުން އެއްކިބާވެ އަނދިރިކަމުގެ ތެރޭގައި އުޅެމުން ދާ މީހުންނެވެ.


އެމީހުން މަރުވެ އެދަނީ އެމީހުންގެ މޮޔަކަމާއި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ނުފޯރުވުނު ކަމުގެ ސަބަބުންނެވެ.


އެކަމަކު އޭނާގެ އަތްދަށުވާ މީހާއަށް އެގެއަށް ވަދެވެނީ މަރުވާން ކަމެއް ނޭނގެއެވެ. އޭނާގެ މެހުމާނުން ތިބީ ކަށްވަޅުތަކުގެ ފުނުގައެވެ.


މާޒީގައި ތިޔަބައިމީހުންނީ ރޫޙާނީ ގޮތުން މަރުވެފައިވާ ބައެކެވެ. ސަބަބަކީ މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުން އުރެދި، ފާފަވެރިވުމުންނެވެ.


ތިމަންކަލާނގެ ޞާލިޙު ކުރައްވާފައިވާ ބަޔަކު ދިރިތިބޭނީ އެމީހުންގެ އީމާންކަމުގެ ސަބަބުންނެވެ. އެކަމަކު ފުރަގަސްދީ ދާ މީހާއާ މެދު ތިމަންކަލާނގެ ރުހިވޮޑިގެންނެއް ނުވަމެވެ.⁠“


އެބައިމީހުން އަހަރެމެންގެ ޖަމާޢަތް ދޫކޮށް ދިޔައީ އެބައިމީހުންނަކީ ޙަޤީޤަތުގައި އަހަރެމެންގެ ތެރެއިން ހިމެނިގެންވާ ބައެއް ކަމުގައި ނުވާތީ އެވެ. އެހެން ނޫންނަމަ އެބައިމީހުން އަހަރެމެންނާއި އެކުގައި ތިބީހެވެ. އެހެނީ އެބައިމީހުން ދިއުމުން، އެބައިމީހުންނަކީ އަހަރެމެންގެ ތެރެއިން ހިމެނިގެންނުވާ ބައެއްކަން ސާބިތުވިއެވެ.


ތިޔަބައިމީހުން އީސާގެފާނަށް ލޯބި ފާޅު ކުރުމުގެ ގޮތުން އެއްބައިވަންތަ ގުޅުން ގާއިމު ކުރުމަށް ބާއްވާ ޖާފަތުގެ ތެރޭގައި ކައިބޮއި ހަދާއިރު ރީތި އެއްޗެއްގައި ޖެހިފައިވާ ލައްގަނޑެއްހެން އެމީހުން އެ ރީތި މާހައުލު ޚަރާބު ކުރެއެވެ. އެބައިމީހުން ލަދެއް އަގަލައެއް ނުވާ ބަކަރި ގޮވީންތަކެއް ފަދައެވެ. އެފަދަ މީހުންގެ ބަކަރިތަކަށް ކާން ދޭކަށް ނޫޅޭނެއެވެ. އެމީހުން ބަލާނީ އެމީހުންނަށް ކެވޭތޯއެވެ. އެއީ ވައިރޯޅިއާއެކު ދަތުރުކުރާ ވިލާގަނޑެއް ފަދަ ބަޔެކެވެ. އެޔަކުން ބިމަކަށް ވާރެއެއް ނުވެހެއެވެ. އެމީހުން ޚަރީފު މޫސުމުގެ ފަތްތަކެއް ފަދައެވެ. އެ ފަތްތައް ހުންނަނީ މަރުވެ ހިކިފައެވެ. އެއީ މުލުން ލުހެލެވިފައިވާ މޭވާ ނާޅާ ގަސްތަކެއް ފަދަ ބަޔެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ