18 ރޭވުންތައް ކާމިޔާބުވަނީ ރަނގަޅު މަޝްވަރާގެ މަތިންނެވެ. ބުއްދިވެރި ލަފަޔަކާ ނުލައި ހަނގުރާމައަކަށް ނުދާށެވެ.
މޮޔަ ވެރިން ގިނަވެއްޖެނަމަ އެތަނެއް ހަލާކުވާކަށް ލަހެއްނެތެވެ. ހެޔޮ ވެރިން ގިނަ ތަނެއްނަމަ އެތަނެއް ރައްކާތެރިވާނެއެވެ.
ލަފާ ނުހޯދާނަމަ ރޭވުންތައް ކަސިޔާރު ވެދާނެއެވެ. ކާމިޔާބު ލިބެނީ މަޝްވަރާގެ މަތިންނެވެ.
ބުއްދިވެރި ލަފާއާއި ނުލައި ހަނގުރާމައަކަށް ނުދާށެވެ. ކާމިޔާބު ލިބުން އޮތީ ގިނަ ބައެއްގެ މަޝްވަރާއާ އެކުގައެވެ.
އަވަސް އަރައިގެން ސަރިޔަތަށް ނުދާށެވެ. ނޫނީ ކަލޭ ކުރި ދައުވާ ކާމިޔާބު ނުވެ އަވަށްޓެރިޔާގެ ކުރިމަތީގައި ލަދުގަންނަން ޖެހިދާނެއެވެ.
ދިހަ ހާސް ސިފައިން ވާ ރަސްކަލަކު އޭނާ އާއި އިދިކޮޅަށް ވިހި ހާސް ސިފައިން ގޮވައިގެން ހަނގުރާމައަށް އަންނަ ރަސްގެފާނު ބަލިކުރެވިދާނޭ ތޯ ފުރަތަމަ ނުވިސްނާ ފިޔަވަޅެއް އަޅާނެ ތަ؟