15 ތަންދޮރު އެނގުމަކީ އެތައް ގިނަ ރަނަށް ވުރެން އަދި އެތައް ރަން މުތްތަކަށް ވުރެން އަގުބޮޑު އެއްޗެކެވެ.
ރަނގަޅު ދަނޑިވަޅުގައި ދޭ ރަނގަޅު ޖަވާބަކުން އެންމެން އުފާކުރުވައެވެ.
ޙިކުމަތްތެރިޔާގެ ދުލުން ބޭރުވާ ބަސްތަކުން ތަންދޮރު އޮޅުންފިލައެވެ. މޮޔަމީހާގެ ހިތުގައި ހުންނާނީ ޖާހިލު ބަސްތަކެވެ.
ޙިކުމަތްތެރިކަން ރަނަށް ވުރެން މޮޅެވެ. ބުއްދިވެރި ނިންމުން ރިއްސަށް ވުރެން މޮޅެވެ.
ޙިކުމަތްތެރިން އެނގޭނީ އެމީހުން ތަންދޮރު ދަންނަ މިންވަރަކުންނެވެ. ހިތްހެޔޮކަމާއެކު ބުނާ ބަސްތަކުން މީހުން އޭނާގެ މައްޗަށް ލެނބެއެވެ.
ހެޔޮ ބަސްތަކަކީ މާމުއިފަދަ އެއްޗެކެވެ. އެއިން ނަފްސަށް ފޮނިކަން ގެނެސް ދެއެވެ. އަދި ފުރާނައަށް ދުޅަހެޔޮކަން ގެނެސްދެއެވެ.
ގަންނަމީހާ ބުނެއެވެ. ”އެއީ އަގެއް ނެތް އެއްޗެކެވެ.“ މިހެން ބުނެ އޭތި އަގުހެޔޮކޮށް ގަނެ އެކަމާ ފަޚުރުވެރިވެއެވެ.
ނުދަންނަ މީހެއްގެ ދަރަނި ބޮލުގައި އެޅުމުގެ މޮޔަ ނަހަދާށެވެ. އެހެން ނޫނީ ރަހުނުގެ ގޮތުގައި ތިމާގެ އަމިއްލަ މުދާތައް ބަހައްޓަން ޖެހިދާނެއެވެ. އެއީ ބީރައްޓެއްސެއް ނަމަ އެ ދަރަނީގެ ބަދަލުގައި އެއްޗެއް ރަހުނުގެ ގޮތުގައި އަތުލާށެވެ.
ތެދުވެރި ފާޑުކިޔުން އަޑުއަހާ މީހާ ރަނުގެ ކަންފަތު މުއްޖެއް ފަދައެވެ. ނުވަތަ އެނޫން ވެސް ރަނުގެ ގަހަނާއެއް ފަދައެވެ.
ވިސްނުންތެރިކަމަކީ ޖަވާހިރަށް ވުރެން ވެސް އަގުހުރި އެއްޗެކެވެ. އެއާ އަޅައި ކިޔާލެވޭނެ އެކައްޗެއް ވެސް ނުވެއެވެ.
ކަލޯއަށް ހެޔޮނުބައި ވިސްނޭނެއެވެ. އޭރުން ބުނަންވީ ހެޔޮބަސްތައް ކަލޯއަށް އެނގޭނެއެވެ.
ރިހީގެ ބަދަލުގައި އިރުޝާދުތަކުގައި ހިފާށެވެ. ރަނުގެ ބަދަލުގައި އިލްމުގައި ހިފާށެވެ.
އަހަރެން މީ ޙިކުމަތެވެ. އަހަރެން ހުރިހާ ޖަވާހިރަކަށް ވުރެން އަދި ހިތްއެދޭ ކޮންމެ އެއްޗަކަށް ވުރެން ވެސް އަގުބޮޑެވެ.
ހަޑިހުތުރު ބަސްތަކުން ތިޔަބައިމީހުންގެ ދޫ ރައްކާތެރިކުރާށެވެ. ވަގުތާ ޙާލަތަށް ބަލައި މީހުންނަށް ފައިދާހުރި ހެޔޮބަސްތަކުން މުޚާތަބުކުރާށެވެ. އޭރުން އެބަސްތަކުގެ އަޑުއިވޭ ފަރާތްތަކަށް ހިތްވަރު ލިބިދޭނެއެވެ.