13 ނިދަން ލޯބިކުރާ މީހާ ވާނީ ފަގީރެވެ. ލޯ ހުޅުވައި ހޯދާށެވެ. އޭރުން ކާތަކެތި މަދެއް ނުވާނެއެވެ.
ކަންނެތްކަން މީހާ ފަގީރު ކުރުވައެވެ. ގަދަ މަސައްކަތް މީހާ މުއްސަނދި ކުރުވައެވެ.
ބުރަ މަސައްކަތް ކުރާ ދަނޑުވެރިޔާއަށް ކައި އިތުރުވާ ވަރަށް ވެސް ކާނާލިބެއެވެ. އެކަމަކު ޚިޔާލީފޮލާގައި އުޅޭމީހާއަކީ މޮޔައެކޭ އެއްފަދަ މީހެކެވެ.
ކަންނެތް މީހާ ކިތަންމެ ބޭނުންވިޔަސް އެކައްޗެއް ވެސް ނުލިބެއެވެ. ބުރަ މަސައްކަތް ކުރާ މީހާއަށް ހުރިހާ އެއްޗެއް ލިބެއެވެ.
ކަންނެތް މީހުންނަށް ގުގުރިދަމައި ނިދާލެވިދާނެއެވެ. އެކަމަކު ކަންނެތްކަމުން ލިބޭނީ ބަނޑުހައިކަމެވެ.
ގަންނަމީހާ ބުނެއެވެ. ”އެއީ އަގެއް ނެތް އެއްޗެކެވެ.“ މިހެން ބުނެ އޭތި އަގުހެޔޮކޮށް ގަނެ އެކަމާ ފަޚުރުވެރިވެއެވެ.
ބުރަމަސައްކަތް ކުރާ މީހާއަށް ގިނަ އަދަދެއްގެ ކާނާ ލިބެއެވެ. ހުވަފެނެއްގެ ފަހަތުން ދުވާ މީހާއަށް ލިބެންއޮތީ ހައިހޫނުކަމެވެ.
ފަތިހު ތެދުވެ ގޯތި އެންމެންނަށް ހެނދުނުގެ ނާސްތާ ތައްޔާރު ކުރާނެއެވެ. އަދި ޚާދިމާއިންނަށް ދުވަހުގެ މަސައްކަތް ދައްކާނެއެވެ.
އޮޑީގެ ކައްޕިތާނަށް މިކަން އެނގުމުން އެކަލޭގެފާނަށް ގޮވައި ހޭފުޅު ލައްވައިފިއެވެ. މިވަރުވެގެން ދާއިރު ވެސް ކަލޭ ތިއޮންނަނީ ނިދާފައިތަ؟ ކައްޕިތާނު ރުޅިއައިސްގެން ބުންޏެވެ. ”ތެދުވެ ކަލޭގެ ކަލާނގެއަށް ވެސް ދަންނަވާބަލަ މި މުސީބާތުން އަހަރެމެން މިންޖު ކޮށްދެއްވާތޯ.“
އެއީ އެއަލިކަމުގައި އެންމެހާ ތަކެތި ފެނިދެނިވެއެވެ. އެގޮތުން މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންކުރައްވާފައި ވެއެވެ. ”ނިދާފައިވާ އިންސާނާ ނިކަން ހޭލާށޭ! މަރުވެފައިވާ މީހުންގެ މެދުން ތެދުވޭ. އަދި އަލްމަސީޙުގެ ނޫރުފުޅުން ތިބާގެ މައްޗަށް އަލިކަން ވިދާ ބަބުޅާނެ.“
އަދި ތިޔަބައިމީހުންގެ ތެރޭގައި އަހަރެމެންވީ ހިނދު އަހަރެމެން މިހެން ބުނީމެވެ. ”މަސައްކަތް ކުރަން ބޭނުނުން ނުވާ މީހަކަށް ކާންދީގެން ނުވާނެ.“