9 އަހަރެންގެ މިބަސްތައް އަހައިފިނަމަ، ކަލޯއަށް ހެޔޮކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމަކީ ކޮބައިކަން އެނގޭނެއެވެ. އަދި ހިނގާނެ ތެދުމަގު ވެސް ފެންނާނެ އެވެ.
ނުބައިމީހުންނަކަށް އިންސާފުވެރިކަމެއް ނޭނގެއެވެ. އެކަމަކު މާތްރަސްކަލާނގެއަށް ބޯލަނބާ މީހުންނަށް އެކަންތައް ފުރިހަމައަށް އޮޅުންފިލައެވެ.
އެ ބުއްދީގެ ބޭނުން ހިފައިގެން ކަލޯ ކުރިޔަށް ހިނގާނަމަ އެމަގެއްގައި ހުރަހެއް ނުހުންނާނެއެވެ. ކަލޯ އަޅައިގަނެ ވެއްޓޭނެ ގަލެއް ނުހުންނާނެއެވެ.
ހެޔޮލަފާ މީހުންގެ އުޅުން ހުންނަ ގޮތުގެ މިސާލަކީ ފަތިހުގެ އަލިކަން ފާޅުވީއްސުރެން މެންދުރާ ހަމަޔަށް އަލިގަދަ ވަމުން ދާ ގޮތުގެ މިސާލެވެ.
އަހަރެން އަބަދުވެސް ކަންތައް ކުރަނީ ޙައްޤާ އެއްގޮތަށެވެ. އަދި އިންސާފުވެރިކަމާ އެކުގައެވެ.
އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެން މިއީ މަގު، އަހަރެން މިއީ ތެދު، އަހަރެން މިއީ ދިރިހުރުން. އެއްވެސް މީހަކަށް އަހަރެން މެދުވެރިކޮށް ނޫން އެހެން ގޮތަކަށް ބައްޕާފުޅުގެ އަރިހަކަށް ނުދެވޭނެ.