Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 2:12 - ކިތާބުލް މުޤައްދަސާ

12 އަދި ވިޔާނުދާ ކަންތަކުން ކަލޯ އެއްކިބާ ކޮށްދޭނެއެވެ. އަދި ދޮގުވެރި މަކަރުވެރި މީހުންގެ ކިބައިން ވެސް ކަލޯ ރައްކާތެރިކޮށް ދޭނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 2:12
19 ပူးပေါင်းရင်းမြစ်များ  

ޞާލިޙުންގެ ދުލަށް ހެޔޮބަސްތައް އާދެއެވެ. ނުބައިމީހާގެ ދުލުން ބޭރުވާނީ ގެއްލުން ހުރި ބަސްތަކެވެ.


ބުއްދިވެރި ރަޙުމަތްތެރިންގެ ކިބައިން ލިބޭނީ ވިސްނުމެވެ. މޮޔަ ރަޙުމަތްތެރިންގެ ގާތުން ދަސްވާނީ ހަލާކުގެ މަގެވެ.


އޭރުން ކަލޯގެ ސިކުނޑިއަށް އޮޅުންބޮޅުން ވެފައިވާ މަންޒަރުތައް ފެންނާނެ އެވެ. ކަލޯ ކޮސް ގޮވާނެއެވެ.


ތިމާއަށް ފެންނަގޮތް ރަނގަޅުކަމަށް ހީކުރާ މީހާއަކީ މޮޔައެކެވެ. ވިސްނުންތެރިކަމާއެކީ އުޅޭމީހާއަށް ރައްކާތެރިކަން ލިބެއެވެ.


އެހެނީ ދޮގުވެރިން ދެކެ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގަންނަވައެވެ. އެކަލާނގެ ގާތްކަން ބާއްވަނީ ތެދުވެރިންނާއެވެ.


ދޮގުހަދަމުން ހިނގާނީ އަގެއް ނެތް މީހުންނެވެ.


މާތްރަސްކަލާނގެއަށް ކަލޭމެން ބިރުވެތިވާނަމަ ކަލޭމެން ނުބައި ނުލަފާކަމާ ދުރުހެލިވާށެވެ. އަހަރެން ބޮޑާކަމާއި ކިބުރުވެރިކަމާއި ދޮގުވެރިކަމާއި ގޯސްކަންތައް ދެކެ ނަފްރަތު ކުރަމެވެ.


ކަލޭމެން ދިރިއުޅެން ބޭނުންނަމަ ކަލޭމެންގެ ތިޔަ މޮޔަކަން ދޫކޮށްލާފައި ބުއްދީގެ މަގުން ހިނގާ.⁠“


އަދި ކަލޭމެންގެ ތެރެއިން ވެސް ބަޔެއް މީހުން އެމީހެއްގެ ކޮޅަށް މީސްތަކުން އެނބުރުވުމަށްޓަކައި މާތްރަސްކަލާނގެ އެންގެވި ތެދު ޚަބަރުފުޅުތައް އޮޅުވާލާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ