11 ކަލޯއަށް ތަދުބީރުތަކާއި ހެޔޮ ވިސްނުން ލިބުމުން ކަލޯގެ މައްޗަށް ރައްކާތެރިކަން ލިބިފައިވާނެއެވެ.
މިބަސްފުޅުތަކުން ތަންދޮރު ނުދަންނަ މީހަކު ވެސް އިލްމުހުރި މީހަކަށް ވެދެއެވެ. އަދި ޒުވާނުންނަށް ދިރިއުޅުމުގައި ކަންތައް ގެންދާނެ ހުޝިޔާރު ގޮތްތައް ދަސްވެދެއެވެ.
ބުއްދި އެއީ ރީތި ކަމަނާއެއް ކަމަށް ދެކޭށެވެ. ވީއިރު އެ ކަމަނާ ދޫކޮށް ނުދާށެވެ. އެކަމަނާ ދެކެ ލޯބިވުން ދޫކޮށް ނުލާށެވެ. އޭރުން އެކަމަނާ ކަލެއަށް ރައްކާތެރިކަމުގެ މަގު ދައްކާނެއެވެ.
އެހެންވީމާ، މޮޔައިން ފަދައިން ޙަޔާތުގައި އަމަލު ނުކޮށް ހެޔޮ ވިސްނޭ މީހުން ފަދައިން އަމަލު ކުރާށެވެ.