Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 2:1 - ކިތާބުލް މުޤައްދަސާ

1 ދަރިފުޅާއެވެ! އަހަރެން މިބުނާ ބަސްތައް ކަނުލައި އަހައި އަހަރެން މިދޭ ފިލާވަޅުތަކާއި އިރުޝާދާ އެއްގޮތަށް ކަންތައް ކުރަން ހަނދާން ބަހައްޓާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 2:1
21 ပူးပေါင်းရင်းမြစ်များ  

މި ހަރުބަސްތަކުން ދުރުވިސްނި ހެވާއި ނުބަޔާއި ތެދުވެރިކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމުގެ ތަރުބިއްޔަތު ލިބިގެންދާނެއެވެ.


މާތްރަސްކަލާނގެ ޤާނޫނަށް ބޯލަނބާ ޒުވާނުންނަކީ ބުއްދިވެރި ބައެކެވެ. ނުލަފާ މީހުންނާ ގުޅިގެން އުޅޭ ޒުވާނުންގެ ކިބައިން މައިންބަފައިންނަށް ލިބެނީ ލަދުވެތިކަމެވެ.


ދަރިފުޅާއެވެ! އަހަރެންގެ މި އިރުޝާދުތައް ހަނދާންކޮށް އެއާ އެއްގޮތަށް ފުރިހަމަޔަށް އަމަލު ކުރަމުން ދާށެވެ.


މަގޭ ދަރިފުޅާއެވެ! ބައްޕަ ދޭ މި ނަސޭހަތުގެ އަޑު ރަނގަޅަށް ކަނުލާ އަހާށެވެ. އޭރުން ކަލޯއަށް ހެޔޮނުބައި ދަސްވާނެއެވެ.


މަގޭ ދަރިފުޅާއެވެ. ކަލޯ މަގޭ ބަސް އަހާށެވެ! އޭރުން ކަލޯއަށް ދިގު އުމުރެއް ލިބޭނެއެވެ.


ކަލޯއަށް އިވުނު ބަސްތައް ހިތުގައި ހަރުލައްވާށެވެ. ކަރުގައި އަޅާ ހާރެއް ހެން އަބަދު އަޅައިގެން އުޅޭށެވެ.


ދަރިފުޅާއެވެ. އަހަރެން މިބުނާ ބަސްތަކަށް ސަމާލުކަން ދޭށެވެ. މިއަމުރުފުޅުތައް ހަނދާން ނައްތާ ނުލާށެވެ.


ބުއްދި ކަމަނާގެ އަޑު އަހާށެވެ. އެކަމަނާގެ އަޑު ގަދަވަމުން ދާން ފަށައިފިއެވެ.


ޙިކުމަތުގެ ކަމަނާ ގެއެއް އަޅައި އެގޭގައި ހަތް ތަނބު ޖަހައިފިއެވެ.


މާތްރަސްކަލާނގެ ރަސްކަންފުޅަކީ ދަނޑެއްގައި ފޮރުވިފައިވާ ޚަޒާނާއެއް ފަދަ އެއްޗެއް. އެޚަޒާނާ މީހަކަށް ފެނުމާއެކު އޭނާ އެޚަޒާނާ ފޮރުވާފައި ގޮސް ވީއުފަލުން އޭނާގެ ހުރިހާ މުދަލެއް ވިއްކާލާފައި އެ ދަނޑު ގަތް.


ނަމަވެސް މަރިޔަމްގެފާނު މި ވެދިޔަ ހުރިހާ ކަންތައްތަކަކާ މެދު ވަރަށް ބޮޑަށް ވިސްނަވަމުން ގެންދެވިއެވެ.


ދެން އީސާގެފާނު އެބައިމީހުންނާއިއެކު އެނބުރި ނާޒަރަތަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ހުރިހާ ކަމެއްގައި ވެސް އެދެކަނބަލުންނަށް ކިޔަމަންތެރިކަން އަދާކުރެއްވިއެވެ. މަރިޔަމްގެފާނު މި ވެދިޔަ ހުރިހާ ކަންތައްތަކަކާ މެދު ވަރަށް ބޮޑަށް ވިސްނަވަމުން ގެންދެވިއެވެ.


”⁠އަހަރެން މިބުނާ އެއްޗެއް ރަނގަޅަށް ކަނުލާ އަޑުއަހާ: އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން މީސްތަކުންގެ އަތްމައްޗަށް އެމީހުން ހަދާނެ ގޮތެއް ހެދުމަށް ދޫކޮށް ލެވޭނެ.⁠“


މިއީ ތެދު ބުނުމެކެވެ. އަދި ކޮންމެ މީހަކަށް ވެސް ގަބޫލުކުރެވޭނެ ފަދަ ތެދު ޙަޤީޤަތެވެ. އީސާ އަލްމަސީޙު ދުނިޔެއަށް ވަޑައިގެންނެވީ ފާފަވެރިން ސަލާމަތް ކުރެއްވުމަށްޓަކައެވެ. އަދި އެފަދަ ފާފަވެރިންގެ ތެރެއިން އަހަރެންނަކީ އެންމެ ނުބައި ފާފަވެރިޔާއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ