Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 19:8 - ކިތާބުލް މުޤައްދަސާ

8 އަމިއްލަ ނަފްސު ދެކެ ލޯބިވާނަމަ ބުއްދިވެރިކަން ހޯދާށެވެ. ކަންކަން ފަހުމުކޮށް ދަސްކުރާ މީހާގެ ތަނަވަސްކަން އިތުރުވާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 19:8
17 ပူးပေါင်းရင်းမြစ်များ  

އިރުޝާދުތަކަށް ބޯލަނބައިގެން ކަންތައް ކުރާ މީހާއަށް ކާމިޔާބުވެއެވެ. މާތްރަސްކަލާނގެއަށް ވަކީލު ކުރާ މީހާއަށް ފާގަތިކަން ލިބެއެވެ.


ދަސްކުރަން ބޭނުން ނުވާ މޮޔައަކަށް ދަރުސް ދިނުމަށް ފައިސާތަކެއް ހޭދަކުރުމަކީ މާނައެއް ނެތް ކަމެކެވެ.


ދޮގުހެކި ދޭ މީހާއަށް އެކަމުގެ ސަޒާ ނުލިބިއެއް ނުދާނެއެވެ. ދޮގުވެރިޔާ ހަލާކުވެދާނެއެވެ.


އެހެނީ މިބަސްތައް ހިތުގައި ހުރުމަކީ ރަނގަޅު ކަމެކެވެ. އޭރުން މިބަސްތައް ވަގުތުޖެހުމުން ދުލުކުރިއަށް އަންނާނެއެވެ.


ޙިކުމަތަކީ ދިރުންދޭ ގަހެވެ. އެގަހުގައި ހިފަހައްޓާ ބަޔަކަށް އުފާވެރިކަން ލިއްބައިދޭ ވަސީލަތެވެ.


ދަރިފުޅާއެވެ! ވިސްނުންތެރިކަމާއެކު ކަންތައް ކުރާށެވެ. ތިމާގެ ބުއްދިފަސް ވިޔަނުދީ އުޅެވޭތޯ ބަލާށެވެ.


އެގޮތުން ކަލޯއަށް ހިތްގައިމު ދިގު އުމުރެއް ލިބިގެންދާނެވެ.


އަހަރެން މިބުނާ އެންމެ ލަފުޒެއް ވެސް ވައްޓާ ނުލާށެވެ. އެ ބަސްތަކުން ހިތުގައި ބިންވަޅު ނަގާށެވެ.


ބުއްދި އެއީ ރީތި ކަމަނާއެއް ކަމަށް ދެކޭށެވެ. ވީއިރު އެ ކަމަނާ ދޫކޮށް ނުދާށެވެ. އެކަމަނާ ދެކެ ލޯބިވުން ދޫކޮށް ނުލާށެވެ. އޭރުން އެކަމަނާ ކަލެއަށް ރައްކާތެރިކަމުގެ މަގު ދައްކާނެއެވެ.


ކަލޭމެން ދިރިއުޅުމުގެ ބޭނުން މާ ބޮޑު ނަމަ އެ ދިރިއުޅުން ގެއްލޭނެ. ނަމަވެސް އެ ދިރިއުޅުމަށް އެހާ އެދުންވެރި ނުވެއްޖެނަމަ ނިމުމެއް ނެތް ދިރިހުރުން ލިބޭނެ.


އަހަރެން ދެކެ ލޯބިވާ މީހަކު އަހަރެން އެންގި ބަސްތަކާއި އެއްފަދައިން ކަންތައްކުރާނެ. އަދި އަހަރެން ދެކެ ލޯބިވާ މީހަކުދެކެ އަހަރެންގެ ބައްޕާފުޅު ވެސް ލޯބިވެވޮޑިގެންވާނެ. އަދި އަހަރެން ވެސް އެމީހަކުދެކެ ލޯބިވާނަން. އަދި އެއިން ކޮންމެ މީހަކަށް އަހަރެންނަކީ ކޮބައިކަން ރަނގަޅަށް އެނގި ފެންނާނެ ފަދައިން އަހަރެން ކަންތައްކުރާނަން.⁠“


މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންވެގެންވެއެވެ. ”⁠ތިޔަބައިމީހުން ބާއްޖަވެރި ޙަޔާތަކާއި އުފާވެރި ދުވަސްތަކަކަށް އެދޭނަމަ ނުބައި ބަސްތަކުން ތިޔަބައިމީހުންގެ ދޫ ރައްކާތެރިކުރާށެވެ. އަދި ދޮގު ބުނުންތަކުން ތިޔަބައިމީހުންގެ ދޫ ދުރުހެލިކުރާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ