7 ފަގީރުމީހާގެ ގާތްތިމާގެމީހުން ވެސް އޭނާ ދެކެ ނަފްރަތުކުރެއެވެ. ވީއިރު ރައްޓެހިން ވަކި ގާތްކަމެއް ބަހައްޓާނެހެއްޔެވެ؟ ފަގީރުމީހާ އާދޭސްކޮށްކޮށް ހުއްޓާ އޭނާގެ ރައްޓެހިން ގެއްލި ދެއެވެ.
މުއްސަނދިކަން އެއީ މީހާގެ ކިއްލާއެވެ. ހައިހޫނުކަން ފަގީރުމީހާ ހަލާކަށް ހުށަހަޅުވައެވެ.
ފަގީރެއްގެ ރައްޓެހިންނެއް ނުތިބެއެވެ. މުއްސަނދިމީހާގެ ރައްޓެހިން ބައިވަރެވެ.
ފަގީރުމީހާ ދެރަވެ އާދޭސް ކުރާއިރު މުއްސަނދިމީހާ ހަރުކަށި ޖަވާބުދެއެވެ.
ފައިސާ ރައްޓެހިން ގިނަ ކުރެއެވެ. ފަގީރުކަން ރައްޓެހިން ފައްސާލައެވެ.
ފަގީރުމީހާއަށް ބީރު ކަންފަތްދޭ މީހާ ކަމަކަށް ބޭނުންވާ ދުވަހު އެ އަޑު އަހާނެ މީހަކު ނުހުންނާނެއެވެ.
ތިމާގެ ރައްޓެއްސަކު އަދި ތިމާގެ ބައްޕަގެ ރައްޓެއްސަކު ގެއްލުވާ ނުލާށެވެ. މުސީބާތެއް ދިމާވުމުން އެއްބަނޑު ތިމާގެ މީހާގެ ގާތަށް ކަންކަމު ދާން ނަހަދާށެވެ. ދުރުގައި ހުރި އެއްބަނޑު މީހަކަށް ވުރެން ކައިރީގައި ހުރި އަވަށްޓެރިޔާ މާ ފަސޭހައިން އަތުޖެހެއެވެ.
ނަމަވެސް ފަގީރުންނާއިމެދު ކަލޭމެން ފުރައްސާރަ ކުރީމުއެވެ! އެހެނީ ދުނިޔަވީ މުއްސަނދިން އެބައިމީހުންގެ ބާރުގެ ދަށުގައި ކަލޭމެން ގެންގުޅެފައި ނުވޭހެއްޔެވެ؟ އެ މުއްސަނދިން ކަލޭމެން ޝަރުޢީ މަޙްކަމާތަކަށް ދަމާކޫއްތާފައި ނުގެންދޭހެއްޔެވެ؟