Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 19:6 - ކިތާބުލް މުޤައްދަސާ

6 ވެރިމީހާގެ ރުހުން ހޯދަން އެންމެން ބޭނުންވެއެވެ. ހަދިޔާދޭ މީހެއްގެ ރައްޓެއްސަކަށް ވާން ވެސް ބޭނުންވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 19:6
14 ပူးပေါင်းရင်းမြစ်များ  

އަދި ޔަޤީން ކަމާއެކު މިހެން ވެސް ބުނަންވާނެ. ’⁠ޢީސޫގެ ޚާދިމު، ޔަޢުޤޫބު މިތަކެތީގެ ފަސްފަހަތުން އެބަ އާދެޔޭ.⁠‘⁠“ ޔަޢުޤޫބުގެފާނުގެ ހިތްޕުޅަށް މިފަދައިން ވެސް އަރާވަޑައިގެންނެވިއެވެ. ”⁠މި ހަދިޔާތަކުން ޢީސޫގެ މައްޗަށް އަހަރެންނަށް ކާމިޔާބު ލިބިދޭނެ. އަދި އަހަރެންނާއި އޭނާ ބައްދަލުވާ ހިނދު ފަހަރެއްގައި އަހަރެންނާމެދު ރުހި މަޢާފު ދީފާނެމެ.⁠“


އޭރު މިޞްރުގެ ގަވަރުވަނަރަކަށް ހުންނެވީ ޔޫސުފުގެފާނެވެ. އެކަލޭގެފާނަކީ އެ ހުރިހާ ގޮވާމެއް ވިއްކުމާ ހަވާލުވެ ހުންނެވި ވެރިޔާއެވެ. ޔޫސުފުގެފާނުގެ ބޭބެއިން އައިސް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ބިންމަތީ މޫނު ޖައްސައިފިއެވެ.


ވީމާ، އެބައިމީހުން ޔަޢުޤޫބުގެފާނު ވިދާޅުވި ފަދައިން ހަދިޔާތައް ބަންދު ކޮށްގެން ކުރީފަހަރަށް ވުރެން ދެގުނަ އިތުރަށް ފައިސާ ހިފައިގެން އަދި ބަންޔާމީން ގޮވައިގެން މިޞްރަށް ގޮސް ޔޫސުފުގެފާނާއި ބައްދަލު ކުރިއެވެ.


ރަސްގެފާނުގެ ހިނިތުން ވުމަކީ އާ ދިރުމެކެވެ. ރަބީޢު މޫސުމުގެ ވާރޭ ފަދައެވެ.


ރިޝްވަތުދޭ މީހާ ހީކުރަނީ އެއީ ޖާދޫގެ ހިލަކޮޅެއް ކަމަށެވެ. ރިޝްވަތު ދިނުމުން އޭނާ ބޭނުންހާ ކަމެއް ވެދާނެ ކަމަށެވެ.


ހަދިޔާއަކީ ދޮރު ހުޅުވައިދޭ އެއްޗެކެވެ. ހަދިޔާތައް، މުހިންމު މީހުންނާ ތިމާ ކައިރިކޮށްދެއެވެ.


ރަސްގެފާނުގެ ކޯފާއެކޭ ސިންގާގެ ހޭރުމެކޭ އެއްފަދައެވެ. ރަސްގެފާނުގެ ރުހުން ގަސްތަކަށް ފައިބާ ޝަބްނަމްގެ ތިކިތަކެއް ފަދައެވެ.


ސިއްރުން ދެވޭ ހަދިޔާއަކުން ރުޅިއައިސް ހުންނަ މީހާގެ ރުޅިވެރިކަން މަތަވެދެއެވެ.


ވެރިމީހާގެ ރުހުން ހޯދުމަށް މީހުން އުޅެއެވެ. އެކަމަކު އިންސާފު ލިބެނީ މާތްރަސްކަލާނގެ ކިބަފުޅުންނެވެ.


އެއަށް ފަހު އެ ކުއްޖާ އޮތް ގެއަށް އެބައިމީހުން ގޮސް ވަނެވެ. އަދި އެ ކުއްޖާ އޭނާގެ މަންމަ، މަރިޔަމްގެފާނާއި އެކުގައި ވަނިކޮށް އެބައިމީހުންނަށް ފެނިގެން ވިއެވެ. އެބައިމީހުން އެކުއްޖާއަށް ސަޖިދަކޮށް އަޅުކަން ކުރިއެވެ. އެބައިމީހުން ގެނައި ހަދިޔާ ފޮށިތައް ހުޅުވައި އެ ކުއްޖާއަށް ޚަޒާނާގެ ގޮތުގައި ރަނާއި ދުންއަޅާނޭ ހުވަނދާއި އަދި މީރުވަސްދުވާ ތަކެތި ވެސް ދިނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ