29 ޢުޤޫބާތް ވަނީ ޖެއްސުން ކުރާ މީހުންނަށެވެ. މޮޔައިންގެ ބުރަކަށި ވަނީ އަދަބު ދެވުމަށެވެ.
”އޭ މޮޔައިންނޭވެ! ކަލޭމެން ތިޔަ މޮޔަކަން މަތީ ތިބޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ އިލްމަށް ކަލޭމެން ފުރަގަސްދީ މަލާމާތްކުރުން ހުއްޓާލާނީ ކޮން އިރަކުން ހެއްޔެވެ؟
ކަލޭމެންނަށް ބޮޑު މުސީބާތެއް ކުރިމަތިވާ ދުވަހަކުން، ނުވަތަ ތޫފާނެއް ކަހަލަ ކާރިސާއެއް ދިމާވާ ދުވަހަކުން އަހަރެން ހޭނަމެވެ.
ތަންދޮރު އެނގޭ މީހާގެ ދުލުން ބޭރުވާނީ ބުއްދިވެރި ބަސްތަކެވެ. މޮޔައިންނާ ކުރިމަތިވާނީ ލަޓިބުރީގެ ވޭނެވެ.
އިސްލާހު ކުރުމަށް ވިސްނުންތެރިޔެއްގެ ގާތު މީހަކު ބުނެލާ އެންމެ ބަހެއް ވެސް، މޮޔައެއްގެ ގައިގައި އެއްތެލަކުން ސަތޭކަ އެތިފަހަރު ޖެހުމަށް ވުރެން ފައިދާ ކުރެއެވެ.
މޮޔައެއްގެ ބަސްތައް އަރާރުމަކަށް ވެދެއެވެ. އެންމެފަހުން އޭނާގެ ގަޔަށް އެތިފަހަރު އަރައިދެއެވެ.
އަހާއި ހިމާރުގެ ލަގަން އަޅައި ބުރަކަށީގައި ހަންމުށިން ތަޅާހެން މޮޔައިންގެ ގައިގައި ވެސް އެއްތެލުން ތަޅަން ޖެހެއެވެ.
މާތްކަލާނގެއަށް މަލާމާތް ކުރާ މީހުންނަށް އެކަލާނގެ ވެސް މަލާމާތް ކުރައްވައެވެ. އެކަމަކު ހިތްތިރި މީހުންނަށް ހެޔޮގޮތް މިންވަރު ކުރައްވައެވެ.
ހަމަ ވަގުތުން އެސޮރު އެއަންހެނާގެ ފަހަތުން ހިނގައިގަތެވެ. ކަތިލެވެންދާ ގެރިއެއް ފަދައިންނެވެ. މަޅިގަނޑަކާ ދިމާއަށް ދާ ފުއްލާއެއް ފަދައިންނެވެ.
ހެޔޮ ވިސްނުމަކީ ކަލޭމެންނަށް މަންފާ ހުރި ކަމެކެވެ. ފޮނިކެނޑުމުން ލިބޭނީ ގެއްލުމެވެ.
މާތްރަސްކަލާނގެ އިސްލާހު ކުރައްވަނީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ދަރިންނެވެ. އަދި ތަރުބިއްޔަތު ކުރައްވަން އަދަބު ދެއްވަނީ އެކަލާނގެ ދަރިން ކަމުގައި ދެކެވޮޑިގަންނަވާ ބަޔަކަށެވެ.“