28 ދޮގުހެކިދޭ މީހާ އެކުރަނީ އަދުލު އިންސާފަށް މަލާމާތެވެ. އެ ނުބައިނުލަފާ މީހުން ހީކުރަނީ ޖަރީމާއަކީ މީރު ކާނާއެއް ކަމަށެވެ.
ބުއްދިވެރިން އިލްމު ހޯދަން ގަދައަޅައެވެ. މޮޔައިންނަށް ޖާހިލުކަމުން ފުދެއެވެ.
މައްސަލަ އުފައްދަނީ ވިޔާނުދާ މީހުންނެވެ. އެމީހުންގެ ބަސްތަކަކީ ފަނާ ކުރާ އަލިފާން މަޅިއެކެވެ.
މަގޭ ދަރިޔާއެވެ! އިރުޝާދުތަކަށް ފުރަގަސް ދޭ މީހާއަކީ އިލްމަށް ފުރަގަސް ދޭމީހެކެވެ.