Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 19:27 - ކިތާބުލް މުޤައްދަސާ

27 މަގޭ ދަރިޔާއެވެ! އިރުޝާދުތަކަށް ފުރަގަސް ދޭ މީހާއަކީ އިލްމަށް ފުރަގަސް ދޭމީހެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 19:27
22 ပူးပေါင်းရင်းမြစ်များ  

ޔޫނާދާބު އަމްނޫނުގެ ގާތު ބުންޏެވެ. ”⁠ކަލޭ ބަލިވެގެން ކަމަށް ހަދައިގެން އެނދަށް އަރާ އޮށޯވެ އޮވޭ. ކަލޭގެ ބައްޕާފުޅު ވަޑައިގަތީމާ ދަންނަވާ، ކޮއްކޮ ތާމާރު ލައްވައި ކާން ހައްދާ ދޭށޭ. ކަލޭ އޭނާ ކައްކާތަން ބަލަން ބޭނުމޭ، އަދި އޭނާގެ އަތުންލަވާ ދީނީމާ ތިމަން ގަދަވެދާނެޔޭ.⁠“


މޮޔައިންނާ ގައިގޯޅި ނުވާށެވެ. އެމީހުންގެ ކިބައިން ދަސްވާނެ އެއްޗެއް ނޯންނާނެއެވެ.


ބަފާޔަށް އިހާނާތްތެރިވެ މައިމީހާ ފައްސާލާ މީހާއަކީ މީހުންގެ ތެރޭގައި އަގުވެއްޓިފައި ހުރި މީހެކެވެ.


ދޮގުހެކިދޭ މީހާ އެކުރަނީ އަދުލު އިންސާފަށް މަލާމާތެވެ. އެ ނުބައިނުލަފާ މީހުން ހީކުރަނީ ޖަރީމާއަކީ މީރު ކާނާއެއް ކަމަށެވެ.


އެއަށް ފަހު އީސާގެފާނުގެ އަސްޙާބީންނަށް އެކަލޭގެފާނު ވާހަކަފުޅު ދައްކަވަމުން ގެންދެވީ ބޯރޮއްޓަށް އަޅާ ކަމީރާއި މެދު ފަރުވާތެރިވެ ސަމާލުވުމަކަށް ނޫންކަން އެބޭކަލުންނަށް އެނގުނެވެ. ނަމަވެސް ފަރީސީންނާއި ސާދުސީންގެ ދަސްކޮށްދިނުންތަކުގެ މައްޗަށް ފަރުވާތެރިވެ ސަމާލުވުމަށް ކަމުގައި ވެސް އެބޭކަލުންނަށް އެނގުނެވެ.


އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ފަރީސީންނާއި ސާދުސީންގެ ކަމީރާއި މެދު ފަރުވާތެރިވެ ސަމާލުވެ ތިބޭ!⁠“


”⁠ދޮގު ނަބިއްޔުންނާއި މެދު ސަމާލުވޭ! އެފަދަ މީހުން ތިޔަބައިމީހުންގެ ކައިރިއަށް އަންނާނީ ކަންބަޅިއެއް ފަދައިން މަޑުމައިތިރި ކަމާއެކު. އެކަމަކު އެފަދަ މީހުންނީ ނުރައްކާތެރި ވަލު ހިޔަޅުތަކެއް ފަދަ ބައެއް.


އަދި އެބައިމީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންނަށް އަޑު އިވުނު ކަންތަކާ މެދު ސަމާލުވޭ! ތިޔަބައިމީހުން މިނާ ނާޅިއަކުން ތިޔަބައިމީހުންނާ މެދުގައި ވެސް މިނެމުން ދާނެ. އަދި އެއަށް ވުރެން ވެސް އިތުރަށް މިނޭނެ.


އެ ކަންބަޅިތައް އެއެއްޗެހި ނުދަންނަ މީހަކާއި އެއްކަކު ނުދާނެ. އެއެއްޗެހި އެ މީހަކާ ދުރަށް ދުވެ ހިނގައިދާނެ. އެއީ އެމީހާގެ އަޑަކީ އެ ކަންބަޅިތައް ނުދަންނަ އަޑަކަށް ވީމާ.⁠“


އަދި އޭރުން ކުޑަކުދިން ފަދައިން އަހަރެމެން އަމަލުކުރުން ހުއްޓާލާނެއެވެ. އެހެނީ މިސްރާބު ގެއްލިފައިވީ އުޅަނދެއް ފަދައިން ވަޔާއި އޮއިގެ ތެރޭގައި ދެއަތަށް ކިރިކިރި އޮންނަ އުޅަނދެއްފައިން ނުވާނެއެވެ. ހަމައެހެންމެ މީސްތަކުންގެ ދޮގު ފަތުވާތަކުންނާއި މަކަރުވެރިކަމުގެ ނުފޫޒެއް ނުފޯރުވޭނެއެވެ.


ދެބަސްވުމާއި އަދި ތާކުންތާކު ނުޖެހޭ ފުލޯކު ވާހަކަތަކުން ދުރުހެލި ވާށެވެ. ތިބާގެ ނަފްސުގެ ހަކަތަ އާއި ވަގުތު ރޫޙާނީ ތަމްރީނުތަކުން ފުރިހަމަ ކުރާށެވެ.


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކު އުނގަންނައިދޭ ތަކެއްޗަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެހީތެރިކަމުން އުނގަންނައިދޭ ތަކެތި ކަމުގައި ބުނެ ދަޢުވާ ކުރި ކަމުގައިވިޔަސް ގަބޫލު ނުކުރާށެވެ. އެއާ ޚިލާފަށް އެމީހަކު ބުނާ އެއްޗަކަށް ސަމާލުވެ ތިބެ އިމްތިޙާނު ކުރާށެވެ. އޭރުން އެފަދަ މީހެއްގެ އުނގަންނައި ދިނުމަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން އުނގަންނައިދޭ ތަކެތި ކަން ތިޔަބައިމީހުންނަށް ޔަޤީންވާނެއެވެ. ސަބަބަކީ ދުނިޔޭގެ އެކިކަންކޮޅަށް އެތަކެއް ދޮގު ނަބިއްޔުން ގޮސް ދެމުން ގެންދާ ޚަބަރަކީ މާތްރަސްކަލާނގެ ވަޙީބަސްފުޅުކަމުގައި އެމީހުން ދައުވާ ކުރަމުން ގެންދާނެ ކަމެވެ.


މި އުނގަންނައި ދިނުމާއި ދެކޮޅު ހަދާ އެދުރުން ތިޔަބައިމީހުންގެ ގެތަކަށް އައުމަށް ދަޢުވަތު ނުދޭށެވެ. އެމީހުންނަށް މަރުހަބާ ނުކިޔާށެވެ.


ތިޔަބައިމީހުން ކަންތައް ކުރި ގޮތާއި ތިޔަބައިމީހުން ކުރި ބުރަ މަސައްކަތް އަހަރެންނަށް އެނގޭ. އަދި ތިޔަބައިމީހުން ކެތްތެރިކަމާއެކު ހިފެހެއްޓި މިންވަރު ވެސް އަހަރެންނަށް އެނގޭ. ނުބައި ނުލަފާ މީހުން ތިޔަބައިމީހުންނަށް ޤަބޫލު ނުކުރެވޭކަން ވެސް އަހަރެންނަށް އެނގޭ. އަދި މަންދޫބުން ކަމުގައި ބަޔަކު ބުނަމުން ދިޔަ ހިނދު ތިޔަބައިމީހުން އެފަދަ މީހުން އިމްތިޙާނު ކުރި. އަދި ތިޔަބައިމީހުން ކުރި އިމްތިޙާނުން އެބައިމީހުން ފޭލްވުމުން އެއީ ދޮގުވެރިން ކަމުގައި ތިޔަބައިމީހުންނަށް އެނގުނު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ