24 ކަންނެތް މީހާ ކާނާ އަތަށް ނަގައެވެ. އެކަމަކު އޭނާ އެކާނާ އަނގަޔާ ހަމަޔަކަށް ނުގެންދެއެވެ.
ކަންނެތްވެ ނުކައްކާ މީހާ ހުންނާނީ ހާބަނޑާ އެވެ. ބުރަ އުފުލުމުން އެދޭކަންތައް ހާސިލްވެއެވެ.
ކަންނެތް މީހާގެ މަގުގައި ހުންނާނީ ކަށިކުނބުރެވެ. ޞާލިޙު މީހާގެ މަގު އޮންނާނީ ސާފުވެ ހާމައަށެވެ.
ކަންނެތް މީހުންނަށް ގުގުރިދަމައި ނިދާލެވިދާނެއެވެ. އެކަމަކު ކަންނެތްކަމުން ލިބޭނީ ބަނޑުހައިކަމެވެ.
ކަންކަމަށް ހިތްކިޔަކަސް ވަކިވަރަކަށް ކަންނެތް ވެއްޖެއްޔާ މީހާ ފަނާވެދާނެ އެވެ. އެހެނީ ކަމެއް ކުރާކަށް އެމީހާގެ އަތެއްފަޔެއް ގުޑައެއް ނުލާނެއެވެ.
އީސާގެފާނު ޖަވާބު ދެއްވިއެވެ. ”މި ހިނދު އަހަރެންނާއި އެކުގައި މި ކޭން ކެއުމަށް ބޯތަށީގެ ތެރެއަށް އަތްކޮއްޕި ތިޔަބައިމީހުންގެ ތެރެއިން މީހަކު އަހަރެންނަށް ޚިޔާނާތްތެރިވާނެ.
އީސާގެފާނު ޖަވާބުދެއްވިއެވެ. ”އެމީހަކީ ތިޔަ ބާރަ މީހުންގެ ތެރެއިން އެކަކު. އަހަރެންނާއިއެކުގައި މިހާރު ވެސް މިތަށިން ކާތަކެތި ނަގައި ކާން އިން މީހެއް.