17 ފަގީރަކަށް އެހީވެއްޖެނަމަ އެއީ މާތްރަސްކަލާނގެ ކިބަފުޅަށް ދޫކުރެވޭ ދަރަންޏެކެވެ. އެކަލާނގެ އެ ދަރަނި އަދާކޮށް ދެއްވާނެއެވެ.
އެ ފަގީރު މީހާގެ ޅަކަންބަޅީގެ އަގު ހަތަރު ގުނައަށް އަދާ ކުރަން ޖެހޭނެ. ތިޔަ މީހާގެ ކިބައިގައި ކުޑަވެސް ރަޙުމެއް ނެތް.“
ބުއްދިވެރި ބަސްތަކުން ލިބޭނީ ފައިދާތަކެވެ. އަދި ބުރަމަސައްކަތުން އޭގެ އިނާމު ލިބިދެއެވެ.
ގާތް މީހާއާ މެދު ކުޑައިމީސްކޮށް ހިތުމަކީ ފާފައެކެވެ. މުހުތާދެއްގައިވާ މީހާއަށް އެހީވުމަކީ ބަރަކާތެކެވެ.
ފަގީރަކަށް ދެރަކޮށް ހިތުން ހެއްދެވިފަރާތަށް ދެރަކޮށް ހިތުން ފަދައެވެ. ނިކަމެއްޗަކަށް ހެޔޮކޮށް ހިތުން އަޅުކަމެއް ފަދައެވެ.
ދީލަތި މީހުންނަށް ބަރަކާތް ލައްވާނެތެވެ. އެހެނީ އެމީހުންނަކީ ފަގީރުންނަށް ކާންދޭ ބައެކެވެ.
ފަގީރު މީހަކަށް އެއްޗެއްދޭ މީހާއަކަށް އެއްޗެއް އުންޏެއް ނުވެއެވެ. އެކަމަކު ފަގީރުކަމަށް ކަނުލޮލެއް ދޭ މީހާއަށް މާތްރަސްކަލާނގެ ލަޢުނަތް ލައްވައެވެ.
ރިބާގެ ގޮތުގައި އިތުރަށް ނަގައި ތިމާ މުއްސަނދިވާ ފައިސާތައް ގެއްލި، އެފައިސާތައް އެންމެ ފަހުން ވަންނާނީ ފަގީރުންނާ މެދު ދީލަތިކޮށް ހިތާ މީހާގެ ޖީބަށެވެ.
ރަސްގެފާނު ޖަވާބުގައި ވިދާޅުވާނެ. ’އަހަރެން މިބުނަނީ ތެދެއް. މީސްތަކުންގެ ތެރޭން އަހަރެންނަށް އިމާންވާ އެންމެ ދެރަ މީހާއާ މެދު އެފަދަ ކަމެއް ކުރިޔަސް އެކަމެއް އެކޮށްދެވުނީ އަހަރެންނަށް.‘
ދީލަތިވޭ. އެއިރުން މާތްރަސްކަލާނގެ ކަލެއަށް ދީލަތިވެ ވޮޑިގެން ވާނެ. ފުރި ބާރުވެ ބަންޑުން ވަމުން ދާ ނާޅިއަކުން ކަލެއަށް މިނެ ދެއްވާނެ. ކަލޭ މިނި ނާޅިއަކުން އެކަލާނގެ ވެސް ކަލެއަށް މިނެ ދެއްވާނެ.“
އަހަރެން މިހެން މިބުނަނީ ފަހަރެއްގައި ވެސް ތިޔަބައިމީހުންގެ ފަރާތުން އިތުރަށް އެހީ ލިބިގަތުމަކަށް ނޫނެވެ. އެހެނަސް އަހަރެން ދެކެން ބޭނުން ވަނީ ތިޔަބައިމީހުންގެ ހެޔޮ އަމަލުތަކުގައި ބަރަކާތްލައްވާ ތަން ދުށުމަށެވެ.
މާތްރަސްކަލާނގެ ދުވަހަކު ވެސް ބޭއިންސާފުވެރިވެ ވޮޑިއެއް ނުގަންނަވައެވެ. އެކަލާނގެއަށްޓަކައި ކަލޭމެން ކުޅަ ކަންތަކާއި ދެއްކި ލޯތްބާއި މަސީޙީންނަށް ވީ އެހީއާއި މިހާރު ވެސް ވަމުންގެންދާ އެހީތަކުގެ މަތިން އެކަލާނގެ ހަނދުމަފުޅު ނައްތަވާ ނުލައްވާނެއެވެ.