13 މޮޔަދަރިން މައިންބަފައިން ބަރުބާދު ކުރެއެވެ. ޝަކުވާ ކުރާ އަނބިމީހާއެކޭ ހުއްޓާނުލާ ބޮލަށް ޖަހާ ފެންތިކިތަކެކޭ އެއްގޮތެވެ.
މިއީ ސުލައިމާނުގެފާނު ވިދާޅުވި ބުއްދިވެރި ބަސްފުޅުތަކެވެ: ބުއްދިވެރި ދަރިން އެ ދަރިންގެ ބަފާގެ ހިތް އުފާ ކުރުވައެވެ. މޮޔަ ދަރިން އަމާ ހިތް ނުތަނަވަސް ކުރުވައެވެ.
ބުއްދިވެރި ދަރިން އެ ދަރިންގެ ބަފާ އުފާ ކޮށްދެއެވެ. މޮޔަ ދަރިން އަމާ ކުޑައިމީސްކުރެއެވެ.
ރަޙުމަތްތެރިޔާ ހުންނާނީ އަބަދުވެސް ތިމާއަށް ހެޔޮއެދުން މަތީގައެވެ. އަޚާ ހުންނާނީ އެހީއަކަށް ބޭނުންވާ ހިނދު އެހީތެރިވުމަށެވެ.
މޮޔަ ދަރިއެއްގެ މައިންބަފައިންނަކަށް ހިތާމަ ނޫން ކަމެއް ނެތެވެ. ދެކޮޅުވެރި ދަރިއެއްގެ ބަފާއަށް ލިބޭ އުފަލެއް ނެތެވެ.
މޮޔަ ދަރިން އެމީހުންގެ ބަފާ ހިތްދަތިކުރެއެވެ. ވިހޭ މައިމީހާ ހިތުގައި ޖައްސައެވެ.
އަނގަހުއްޓާނުލާ ޒުވާބުކޮށް ޝަކުވާ ކުރާ އަންހެނަކާ އެކު އުޅުމަށް ވުރެން ހަނަފަސް ސަހަރާގެ ތެރޭގައި އެކަނި އުޅުން ވެސް މާރަނގަޅެވެ.
ޒީލަގަދަ އަންހެނަކާ އެކު ރީތި ގެއެއްގައި އުޅުމަށް ވުރެން ފުރާޅުމަތީގައި އެކަނި އިންނަން ވެސް މާ ހިތަށް ފަސޭހައެވެ.
އަނގަ ހުއްޓާނުލާ ކުދިކިޔާ އަންހެނަކާއެކު ހިތްގައިމު ގެޔަކު ދިރިއުޅުމަށް ވުރެން ފުރާޅު މައްޗަށް އަރައި އެކަނި އިންނަން ވެސް މާ ހިތަށް ފަސޭހައެވެ.
އަނގަހުއްޓާ ނުލާ ކުދިކިޔާ އަންހެނެކޭ ހުއްޓާނުލާ ބޮލަށްޖަހާ ވާރޭފެން ތިއްކެކޭ އެއްގޮތެވެ.