Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 19:11 - ކިތާބުލް މުޤައްދަސާ

11 ބޯހަމަޖެހޭ މީހުންގެ ރުޅި ކޮންޓްރޯލް ކުރާނެއެވެ. މީހުންގެ ފަރާތުން ލިބޭ އުނދަގޫތަކަށް ކެތްކޮށް އެކަމާ އަޅާނުލާ މީހުންނަށް އިޙްތިރާމް ލިބިގެންވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 19:11
19 ပူးပေါင်းရင်းမြစ်များ  

އަނގަބޮޑުމީހާ ނުބުނާނެ ވާހަކައެއް ނުހުންނާނެއެވެ. އެކަމަކު އިތުބާރު ހުރި މީހާ އެކައްޗެއް ވެސް ބޭޒާރެއް ނުކުރާނެއެވެ.


ރުޅި މަތަ ނުކުރުމަކީ މޮޔަކަމެކެވެ. މީހަކު ތިމާއަށް ކުރި ފުރައްސާރައަކާ އަޅާނުލުމަކީ ބުއްދިވެރިކަމެވެ.


ރުޅިމަޑުމީހާގެ ކިބައިގައި ހަމަ ވިސްނުން ހުންނާނެއެވެ. ރުޅިގަދަ މީހާ ކުރާނީ މޮޔަ ކަންތަކެވެ.


ރުޅިގަދަ މީހާ ޒުވާބެއް ފަށައެވެ. މައިތިރި މީހާ އެ ޒުވާބު ފިނި ކުރެއެވެ.


ބާރުގަދަވުމަށް ވުރެން ކެތްތެރިވުން ރަނގަޅެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުން ސަހަރެއް ފަތަޙަ ކުރުމަށް ވުރެން މޮޅެވެ.


އަރައިރުމެއް ފެށުމެކޭ ހިފަހައްޓާފައި ހުރި ފެންގަނޑެއްގެ ދޮރާށި ހުޅުވާލުމެކޭ އެއްފަދައެވެ. ޒުވާބެއް ފެށުމުގެ ކުރީގައި އެކަން ހުއްޓުވާށެވެ.


ބަދަލު ހިފަން އުޅެނުގަންނާށެވެ. އެކަންތައް މާތްރަސްކަލާނގެ ހިންމަވައި ދެއްވާނެއެވެ. އެއިރަކަށް އިންތިޒާރު ކުރާށެވެ.


ޒުވާބެއްގެ ތެރެއަށް ނުވަނުމަކީ ޝަރަފުވެރިންގެ ސިފައެކެވެ. އަރައިރުން ކުރިއަށް ގެންދާނީ މޮޔައިންނެވެ.


ކަލޭގެ އަދާވާތްތެރިޔާ ބަނޑުހައިގެންފައި ހުރިނަމަ ކާންދޭށެވެ. ފެންބޮވައިގެންފައި ހުރިނަމަ ފެން ދޭށެވެ.


މޮޔައިން އަވަހަށް ރުޅި ބާލައެވެ. ބުއްދިވެރިޔާ ރުޅިމަތަ ކުރެއެވެ.


އޭގެބަދަލުގައި އެކަކު އަނެކަކަށް އޯގާތެރިވެ، ހަމްދަރުދީގެ ހިތަކުން ބަލާށެވެ. އަދި އަލްމަސީޙު މެދުވެރި ކުރައްވާ މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް މަޢާފު ދެއްވި ފަދައިން އެކަކު އަނެކަކަށް މަޢާފު ދޭށެވެ.


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވޭ. ހަނދާނުގައި މިކަން ބަހައްޓާށެވެ! އަނެކުންގެ ވާހަކަތައް ޝައުގުވެރިކަމާއެކު އަޑުއަހާށެވެ. ކަލޭމެންގެ ވާހަކަތަކަށް ފަސްޖެހޭށެވެ. ސިނގުރުޅި ނަންނާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ