Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 19:1 - ކިތާބުލް މުޤައްދަސާ

1 ފަގީރުކަން މަތީގައި ހެޔޮގޮތުގައި ދިރިއުޅުން، ދޮގުވެރި މޮޔައެއްގެ ގޮތުގައި އުޅުމަށް ވުރެން މާ ހެވެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 19:1
16 ပူးပေါင်းရင်းမြစ်များ  

ޞާލިޙު މީހާ އޭނާގެ އަވަށްޓެރިޔާއަށް ހެޔޮ މަގުދައްކައެވެ. ނުބައި މީހާ އެމީހުންނަށް ދައްކާނީ ގެއްލުން ހުރި މަގެވެ.


ހެޔޮލަފާ ގޮތުގައި ދިރިއުޅޭނަމަ ދައްކަނީ ތިމާ ހުރީ މާތްރަސްކަލާނގެއަށް ބިރުވެތިވުންމަތީގައި ކަމުގައެވެ. އޮޅުވާލުމާއި ހީލަތްތެރިކަމުން ދައްކަނީ އެކަލާނގެއަށް ތިމާ ގަދަރެއް ނުކުރާކަމެވެ.


މަދު އެތިކޮޅެއް ލިބި ހުރެ މާތްރަސްކަލާނގެއަށް ބިރުވެތިވާ މީހާ މުދާވެރިވެ ހާސްކަން މަތީ ހުންނަ މީހާއަށް ވުރެން މާ ރަނގަޅެވެ.


ތެދުވެރިކަމާއެކު މަދު އެތިކޮޅެއް ލިބުން ދޮގުވެރި ގޮތުގައި މުއްސަނދި ވުމަށް ވުރެން މަންފާ ބޮޑެވެ.


ވަފާތެރިކަން އިންސާނާއާ ދިމާއަށް މީހުންގެ ހިތްތައް ލަންބުވާލައެވެ. ދޮގުވެރިކަމަށް ވުރެން ފަގީރުކަން ވެސް މާހެވެވެ.


ތެދުވެރިޔާ ހިނގާނީ ހެޔޮމަގުންނެވެ. އެފަދަ މީހުން ނަމޫނާއަކަށް ބަލާ ދަރިންނަށް ބަރަކާތް ހުއްޓެވެ.


ފަގީރު ތެދުވެރިޔަކަށްވެ ހުރުން ކެހިވެރި މުއްސަންޖަކަށް ވުމަށް ވުރެން ހެވެއެވެ.


ކުރާ އެއްވެސް ކަމެއްގައި ދޮގެއް ބުނެ ހީލަތެއް ނަހަދާށެވެ.


މީހަކަށް އެމީހާގެ ފުރާނަ ގެއްލިފައިވީނަމަ މުޅި ދުނިޔެ ލިބުނު ކަމުގައި ވިޔަސް އެމީހަކަށް އޮތީ ކޮން ފައިދާއެއް؟ އެމީހަކު އަނބުރާ އެ ފުރާނަ ގަތުމަށް ދެވޭނެ އަގަކީ ކޮބާ؟


މިކަމާމެދު ކަމަނާ ގޮތެއް ނިންމަވަ ބަލަ. މިހާރު މިވީ ގޮތުން މިގޭގެ އެންމެންނަށް މިއޮތީ ނުރައްކާވެފައި. ސާހިބުގެ ރުޅިގަދަކަން ހުންނަވަރުން އޭނާ ކުރިމަތީގައި އަނގަ ހުޅުވަން ކެރޭނެ މީހަކު ވެސް ނެތް.⁠“


ސާހިބު އެ ނުލަފާ ނާބާލް ބުނާއެއްޗެއް އަޑު ނާހާ. އޭނާއަށް އެނަން ކިޔަނީ ވެސް އެހެންވެ. އޭނާއަކީ މޮޔައެއް. ސާހިބު ފޮނުވި މީހުން އަޅުގަނޑު ނުވެސް ދެކެން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ