7 މޮޔައިންގެ އަނގަޔަކީ އެމީހުންގެ ހަލާކެވެ. އެމީހުން ތާށިވަނީ އެމީހުންގެ ތުންފަތުންނެވެ.
ބުއްދިވެރިޔާ ހުރިހާ ކަމެއް ދަނެގަންނާނެ އެވެ. މޮޔަމީހާ ހިތުހުރި ގޮތަކަށް ބުނާ ބަސްތަކުން ކުރިމަތިވާނީ މުސީބާތްތަކެވެ.
ކަލޭގެ ކިބައިގައި ހެޔޮވިސްނުމެއް ވާނަމަ ހެޔޮބަސް ގަބޫލުކޮށް ހެޔޮ ނަސޭހަތުގެ އަޑު އަހާހިތް ވާނެއެވެ. އަނގަގަދަ މޮޔައިން ވެއްޓޭނީ އަނގަވަތަށެވެ.
ވިޔާނުދާ ބަސްތައް ބުނާ މީހާ ވެއްޓޭނީ އޭނާ ކޮނުނު އަނދަވަޅަށެވެ. އެކަމަކު ހެޔޮމީހާ އެއަނދަވަޅަކަށް ނުވެއްޓޭނެއެވެ.
ދޫ ރައްކާތެރި ކުރާ މީހާއަށް ސަލާމަތް ދިގު އުމުރެއް ލިބެއެވެ. އަނގަގަދަ ކުރުމުން ކަންތައް ޚަރާބުވެއެވެ.
މޮޔައިންގެ މޮޔަބަސްތަކުން އެމީހުންގެ ބުރަކައްޓަށް އަމާޒުވާނީ އެއްތެލެވެ. ބުއްދިވެރިންގެ ބަސްތައް އެމީހުންނަށް ސަލާމަތްކަން ގެނެސްދެއެވެ.
ހެޔޮބުއްދިއަކީ ދިރުންދޭ ފައްވާރާއެކެވެ. އެކަމަކު މޮޔައިން ތަރުބިއްޔަތުކުރަން އުޅުމަކީ ބޭކާރު ކަމެކެވެ.
ދެބަކުޓުވުމުގެ ބަސްތައް ނިކަން މީރުވާނެއެވެ. އެ ބަސްތައް އަނގަޔަށް ވިރި ބަނޑުތެރެއަށް ފައިބައެވެ.
ފާހިޝް ނުބައި މީހުންގެ ފާފަތަކަކީ ދަންތުރައެކެވެ. އޭގައި ބެދޭނީ ވެސް ހަމަ އެމީހުންނެވެ.
ކަލޯ ބުނި ބަހުގައި ކަލޯ ތާށިވީއެވެ.