Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 18:4 - ކިތާބުލް މުޤައްދަސާ

4 ބުއްދިވެރި ބަސްތަކަކީ ފުން ކަނޑެކެވެ. ޙިކުމަތްތެރި ބަސްތަކަކީ ކޯރެއްގެ ފެންހާ ތާޒާ އެއްޗެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 18:4
11 ပူးပေါင်းရင်းမြစ်များ  

ހެޔޮމީހާގެ ބަހަކީ ދިރުންދޭ ފައްވާރާއެކެވެ. ނުބައިމީހާގެ ބަސްތަކުގައި ފޮރުވިފައި ވަނީ ގެއްލުމާއި ހަލާކެވެ.


ޙިކުމަތުގެ އިރުޝާދަކީ ދިރިއުޅުމުގެ ފައްވާރާއެވެ. އެއިން ފެން ބޯ މީހާއަށް ޙަޔާތުގައި ނުރައްކަލެއް ނެތެވެ.


ހެޔޮބުއްދިއަކީ ދިރުންދޭ ފައްވާރާއެކެވެ. އެކަމަކު މޮޔައިން ތަރުބިއްޔަތުކުރަން އުޅުމަކީ ބޭކާރު ކަމެކެވެ.


ނުބައިކަންތައް ކުރުމުން ފަޟީޙަތްވެ ލަދުގަތުން ނޫން ކަމެއް ނުވެއެވެ.


ހިތުގެ ފުންމިނުގައި ހެޔޮ ނަސޭހަތް ފޮރުވިފައި ވާނެއެވެ. ވިސްނޭ މީހާ އެނަސޭހަތް ހޯދައި ނެރޭނެއެވެ.


ހަރުފަތަކުގެ ދަރިންނޭ! ނުބައިވެގެންވާ ބަޔަކަށް ރަނގަޅު ވާހަކައެއް ބުނެވޭނީ ކިހިނަކުން؟ ކަލޭމެންގެ ދުލުން ބުނާ ވާހަކަތަކުން ދައްކައިދޭނީ ކަލޭމެންގެ ހިތުގައިވާ ގޮތް.


އެކަމަކު އަހަރެން ދޭ ފެން ބޮއެފި މީހަކު އިތުރު ފެނަކަށް ބޭނުމެއް ނުވާނެ. އަހަރެން މި ދޭ ފެން ބޮއެފި މީހެއްގެ ހިތުތެރޭގައި ފައްވާރާއެއް ހެން ތާޒާފެން އާރެއް އުތުރި އަރައި ގަންނާނެ. އެ ފެނުގެ ސަބަބުން އެމީހަކަށް ނިމުންނުވާ ޙަޔާތް ލިބޭނެ.⁠“


އީސާއަލްމަސީޙުގެ ރިސާލަތު އޭގެ މުއްސަނދިކަމާއެކު ތިޔަބައިމީހުންގެ ކިބައިގައި އެކުލަވާށެވެ. އަދި އެކަކު އަނެކަކަށް އޭގެ ޙިކުމަތްތައް ކިޔައިދީ ވިސްނައިދީ ހަދާށެވެ. މިއާއެކު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވައި މަދަހަ ސަނާ ކިޔައި ރޫހާނީ ލަވަޔާއި ތަރާނާތައް ކިޔަމުން ދާށެވެ.


ހިތްގައިމުކަމާއި ޝައުގުވެރިކަން އެކުލެވޭ ގޮތުގައި އެމީހުންނާ ވާހަކަ ދައްކާށެވެ. އޭރުން އެމީހުންގެ ސުވާލުތަކަށް ރަނގަޅުގޮތުގައި ޖަވާބު ދެވޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ