Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 18:23 - ކިތާބުލް މުޤައްދަސާ

23 ފަގީރުމީހާ ދެރަވެ އާދޭސް ކުރާއިރު މުއްސަނދިމީހާ ހަރުކަށި ޖަވާބުދެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 18:23
18 ပူးပေါင်းရင်းမြစ်များ  

”⁠މިޞްރުގެ ގަވަރުނަރު އަޅުގަނޑުމެންނާ ވާހަކަ ދެއްކީ ވަރަށް ހަރުކަށިކޮށް. އަދި އަޅުގަނޑުމެންގެ ބޮލުގައި އެ ޤައުމާއި ދެކޮޅަށް ޖާސޫސު ކުރުމުގެ ތުހުމަތު އެޅުއްވި.


ޔޫސުފުގެފާނަށް އެކަލޭގެފާނުގެ އަޚުން ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް އެބައިމީހުން އެނގިވަޑައިގެންނެވިއެވެ. ނަމަވެސް އެބައިމީހުންނަށް ޔޫސުފުގެފާނެއް ނޭނގެއެވެ. ހަމައެހެންމެ ޔޫސުފުގެފާނު ވެސް އެކަލޭގެފާނަށް އެބައިމީހުން އެނގިވަޑައިނުގަންނަވާކަމަށް ހެއްދެވިއެވެ. އަދި ވަރަށް ހަރުކަށި ރާގަކާއި އަޑުފުޅަކުން މިފަދައިން އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ކޮށް ރަށަކުން އައި ބައެއް؟⁠“ އެބައިމީހުން ޖަވާބުގައި ދެންނެވިއެވެ. ”⁠އަޅުގަނޑުމެންނަކީ ގޮވާން ގަތުމަށްޓަކައި ކަންޢާނުން އައި ބަޔަކީމު.⁠“


ފިރުޢައުނު ވިދާޅުވިއެވެ. ”⁠ތިޔަ ބުނާ މާތްރަސްކަލާނގެ އަކީ ކާކުތަ؟ ތިޔައަކީ އަހަރެން ދަންނަ ކަލެއް ނޫން. އަހަރެން ތިޔަ ކަލަކު ބުނާގޮތެއް ހަދަންވީ ކީއްވެ؟ އަހަރެން އެމީހުން ދިޔަކަ ނުދޭނަން!⁠“


ފަގީރުމީހާގެ ގާތްތިމާގެމީހުން ވެސް އޭނާ ދެކެ ނަފްރަތުކުރެއެވެ. ވީއިރު ރައްޓެހިން ވަކި ގާތްކަމެއް ބަހައްޓާނެހެއްޔެވެ؟ ފަގީރުމީހާ އާދޭސްކޮށްކޮށް ހުއްޓާ އޭނާގެ ރައްޓެހިން ގެއްލި ދެއެވެ.


މުއްސަނދި މީހާ ފަޤީރުންގެ އަމުރުވެރިންނަށް ވާ ފަދައިން ފަހުންދޭން އަތުލާ މީހާ ދިންމީހާގެ ދަށުވާނެއެވެ.


”⁠މާތްރަސްކަލާނގެ ބަރަކާތް ހުރީ ރޫޙާނީ ގޮތުން ފަގީރު މީހުންނަށް. އެހެނީ އެފަދަ މީހުން އެކަލާނގެ ރަސްކަންފުޅުގައި ހިމެނިގެންދާނެ.


ކަލޭމެން މުއްސަނދި މީހައަށް ޚާއްސަ ސަމާލުކަމެއްދީ މިފަދައިން ބުނާނެވެ. ”⁠މިތަނުން އެންމެ އެދެވޭ ގޮނޑީގައި އިށީންނަވާ.⁠“ ނަމަވެސް ފަގީރު މީހާއަށް ކަލޭމެން ބުނާނީ މިފަދައިންނެވެ. ”⁠އެތާނގައި ކޮޅަށް ހުރޭ.⁠“ ނޫނީ ”⁠ތަޅަންގަނޑުގައި އިށީނދޭ.⁠“


ނަމަވެސް ފަގީރުންނާއިމެދު ކަލޭމެން ފުރައްސާރަ ކުރީމުއެވެ! އެހެނީ ދުނިޔަވީ މުއްސަނދިން އެބައިމީހުންގެ ބާރުގެ ދަށުގައި ކަލޭމެން ގެންގުޅެފައި ނުވޭހެއްޔެވެ؟ އެ މުއްސަނދިން ކަލޭމެން ޝަރުޢީ މަޙްކަމާތަކަށް ދަމާކޫއްތާފައި ނުގެންދޭހެއްޔެވެ؟


އޭނާ މިތަނަށް އައިސް އެދުނީ މަސައްކަތު މީހުންނަށް ނުނެގިފައި ހުންނަ ގޮވާން ނެގުމުގެ ހުއްދައަކަށް. އެއަށް ފަހު އޭނާ ދިޔައީ ދަނޑުގައި މަސައްކަތް ކުރަމުން. އިރުއެރީއްސުރެން ފެށިގެން ހިނދުކޮޅަކަށް ހިޔަލަކަށް ވެސް ވަދެ ނުލާ. ތަނެއްގައި ފޫވެސް ޖައްސާނުލާ.⁠“


އަދި ކަލޭގެ އާއިލާގެ ތެރޭން ސަލާމަތްވީ މީހަކު ނަމަ އޭނާގެ ގާތަށް ގޮސް ކުރުނީސްކޮށް ފައިސާ ފޮއްޗަކަށް، ނުވަތަ ކާއެތިކޮޅަކަށް އެދި ސަލާން ޖަހާނެ. އަދި ކާންބޯން އަދާކުރާނެ އިމާމުންގެ ވަޒީފާއެއް ދޭށޭ ކިޔާ އާދޭސް ވެސް ކުރާނެ.⁠‘⁠“


ނާބާލް ޖަވާބު ދިނެވެ. ”⁠ދާއޫދުއޭ ތަ؟ ތިޔަ ޔައްސާގެ ދަރިއަކީ ތީ ދެން ކާކުތަ؟ މިރަށުގައި މިހާރަކަށް އައިސް ތިހެން ފިލައިގެން އުޅޭ ލައްކަ ގިނަ އަޅުންތައް އެބަ އުޅޭ!


މިކަމާމެދު ކަމަނާ ގޮތެއް ނިންމަވަ ބަލަ. މިހާރު މިވީ ގޮތުން މިގޭގެ އެންމެންނަށް މިއޮތީ ނުރައްކާވެފައި. ސާހިބުގެ ރުޅިގަދަކަން ހުންނަވަރުން އޭނާ ކުރިމަތީގައި އަނގަ ހުޅުވަން ކެރޭނެ މީހަކު ވެސް ނެތް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ