ހަރުބަސްތައް 18:22 - ކިތާބުލް މުޤައްދަސާ22 އަނތްބެއް ލިބޭ މީހާއަށް ޚަޒާނާއެއް ލިބިއްޖެއެވެ. އެއީ މާތްރަސްކަލާނގެ ދެއްވާ ނިޢުމަތެކެވެ. အခန်းကိုကြည့်ပါ။ |
ދެން އިސްޙާޤުގެފާނު، އެކަލޭގެފާނުގެ މައިކަމަނާ ސާރާ އަވަހާރަވެ ވަޑައިގެންނެވުމަށް ދާންދެން އުޅުއްވި ފޭލިގެކޮޅަށް ރިފްޤާ ގެންދިޔައެވެ. އަދި ރިފްޤާ އާއި ކައިވެނި ބައްލަވައިގަތެވެ. ރިފްޤާ ދެކެ އިސްޙާޤުގެފާނު ނިހާޔަތަށް ލޯބިފުޅުވިއެވެ. އަދި މި ކައިވެނީގެ ސަބަބުން އެކަލޭގެފާނުގެ މައިކަމަނާ ނެތުމުގެ އުނިކަން ފިލައި ހިތްޕުޅު ހަމަޖެހިވަޑައިގަތެވެ.
އަދި އަހަރެން މަޙުލޫންގެ ހުވަފަތް ވެފައިވާ މުއާބީންގެ ރާޢޫތު އާއި ކައިވެނި ވުމަށް އެއްބަސްވި ކަން މައްޗަށް ވެސް ތިޔަ އެންމެހައި ކަލުން ހެކިވެ ލައްވާ. އަދި އަހަރެން މިފަދައިން ކަންތައް ކުރުމުން އޭނާގެ ދަރިކޮޅުގައި މިބިން އޭނާގެ މިލްކެއްގެ ގޮތުގައި ދަމަހައްޓާނެ މީހަކު އަތުވެދާނެ. އަދި މިއަވަށުގައި އޭނާގެ ނަން ދެމި ހުންނާނެ.“