Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 18:21 - ކިތާބުލް މުޤައްދަސާ

21 ތިމާ ބުނާ ބަހަކުން ދިރިހުރުން ނުވަތަ މަރު ކުރިމަތިވެދެއެވެ. ބަސްގިނަ މީހާ އެކަމުގެ ނަތީޖާއާ ކުރިމަތިލާން ޖެހެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 18:21
21 ပူးပေါင်းရင်းမြစ်များ  

ޞާލިޙުން ބުނާނީ ޙިކުމަތުގެ ބަސްތަކެވެ. ކެހިވެރި ބަސްތައް ބުނާ މީހާގެ އަނގަ ބަންދުކޮށްލެވެއެވެ.


ހެޔޮ ދިރިއުޅުމެއް އުޅޭށެވެ. އޭރުން ދިރިހުރުމުގެ ގަހުން މޭވާ ކާން ލިބޭނެއެވެ. ބުއްދިވެރިގޮތުގައި އުޅޭނަމަ ރަޙުމަތްތެރިން ތިމާގެ ފަސްފަހަތުން އަންނާނެއެވެ.


ވިޔާނުދާ ބަސްތައް ބުނާ މީހާ ވެއްޓޭނީ އޭނާ ކޮނުނު އަނދަވަޅަށެވެ. އެކަމަކު ހެޔޮމީހާ އެއަނދަވަޅަކަށް ނުވެއްޓޭނެއެވެ.


ދޫރައްކާތެރިކޮށް އަނގަމަޑުންލައިގެން ހުންނާށެވެ. އޭރުން ތިމާ ހަލާކުގެ ތެރެއަށް ނުވެއްޓި ހުރެވޭނެއެވެ.


ހަޑިހުތުރު ބަސްތަކުން ތިޔަބައިމީހުންގެ ދޫ ރައްކާތެރިކުރާށެވެ. ވަގުތާ ޙާލަތަށް ބަލައި މީހުންނަށް ފައިދާހުރި ހެޔޮބަސްތަކުން މުޚާތަބުކުރާށެވެ. އޭރުން އެބަސްތަކުގެ އަޑުއިވޭ ފަރާތްތަކަށް ހިތްވަރު ލިބިދޭނެއެވެ.


ހިތްގައިމުކަމާއި ޝައުގުވެރިކަން އެކުލެވޭ ގޮތުގައި އެމީހުންނާ ވާހަކަ ދައްކާށެވެ. އޭރުން އެމީހުންގެ ސުވާލުތަކަށް ރަނގަޅުގޮތުގައި ޖަވާބު ދެވޭނެއެވެ.


ކުށްތަކުގެ ތެރޭގައި އުޅުމަށް ފަހު އެކަންތަކުން ކިރިޔާ ސަލާމަތް ވެފައި ތިބި މީހުންނަށް އެދޮގު އެދުރުންގެ އަގެއްނެތް ފޮނިބަސްތަކުންނާއި ހަށިތަކުގެ ޝަހުވަތުގެ ދަންތުރައިގައި ޖައްސައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ