Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 18:16 - ކިތާބުލް މުޤައްދަސާ

16 ހަދިޔާއަކީ ދޮރު ހުޅުވައިދޭ އެއްޗެކެވެ. ހަދިޔާތައް، މުހިންމު މީހުންނާ ތިމާ ކައިރިކޮށްދެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 18:16
10 ပူးပေါင်းရင်းမြစ်များ  

އަދި ޔަޤީން ކަމާއެކު މިހެން ވެސް ބުނަންވާނެ. ’⁠ޢީސޫގެ ޚާދިމު، ޔަޢުޤޫބު މިތަކެތީގެ ފަސްފަހަތުން އެބަ އާދެޔޭ.⁠‘⁠“ ޔަޢުޤޫބުގެފާނުގެ ހިތްޕުޅަށް މިފަދައިން ވެސް އަރާވަޑައިގެންނެވިއެވެ. ”⁠މި ހަދިޔާތަކުން ޢީސޫގެ މައްޗަށް އަހަރެންނަށް ކާމިޔާބު ލިބިދޭނެ. އަދި އަހަރެންނާއި އޭނާ ބައްދަލުވާ ހިނދު ފަހަރެއްގައި އަހަރެންނާމެދު ރުހި މަޢާފު ދީފާނެމެ.⁠“


ދެން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ނޫން. ތިބާގެ ލޮލުން އަހަރެންނާއިމެދުގައި ރުހޭކަން އަހަރެންނަށް ފެންނާނީ އަހަރެންގެ ފަރާތުން މި ހަދިޔާ ތިބާ ގަބޫލު ކުރުމުން. ތިބާ ފެނި އަދި ތިބާ އަހަރެންނަށް މަރުޙަބާ ކީ ހިނދު ތިބާގެ މޫނު ފެނުނު ހިނދު، މާތްކަލާނގެ މޫނުފުޅު ފެނުމެކޭ އެއްފަދަ ވީހެން އަހަރެންނަށް ހީކުރެވުނު.


އެއަށް ފަހު އެބައިމީހުންގެ ބަފައިކަލުން ޔަޢުޤޫބުގެފާނު އެބައިމީހުންނާއި މުޚާތަބު ކުރައްވައި މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަކަމުގައި އިތުރު އެހެން ގޮތެއް ނެތް ކަމުގައިވާނަމަ އަހަރެން މި ބުނާ ފަދައިން އަމަލުކުރޭ. މި ރަށުން ލިބެންހުރި އެންމެ ރަނގަޅު ބާވަތްތަކުން ކަލޭމެންގެ ގޯނިތައް ފުރާލާ. ބާމާއި، މާމުޔާއި، ހުވަނދާއި ޕިސްތާ ބަދަނާއި އަލްމަންޑުގެ އިތުރުން ހަވާދުގެ ބާވަތްތައް އެ ރަށުގެ އަމީރަށް ހަދިޔާގެ ގޮތުގައި ގެންދޭ.


ރިޝްވަތުދޭ މީހާ ހީކުރަނީ އެއީ ޖާދޫގެ ހިލަކޮޅެއް ކަމަށެވެ. ރިޝްވަތު ދިނުމުން އޭނާ ބޭނުންހާ ކަމެއް ވެދާނެ ކަމަށެވެ.


ފަނޑިޔާރުގޭގައި ފުރަތަމަ ވާހަކަ ދައްކާ މީހާ އެބުނަނީ ތެދެކޭ ހީވެދާނެއެވެ. އެކަން އޮތީ އެހެން ނޫންކަން އެނގޭނީ އަނެއް މީހާ ވާހަކަ ދެއްކީމައެވެ.


ވެރިމީހާގެ ރުހުން ހޯދަން އެންމެން ބޭނުންވެއެވެ. ހަދިޔާދޭ މީހެއްގެ ރައްޓެއްސަކަށް ވާން ވެސް ބޭނުންވެއެވެ.


ސިއްރުން ދެވޭ ހަދިޔާއަކުން ރުޅިއައިސް ހުންނަ މީހާގެ ރުޅިވެރިކަން މަތަވެދެއެވެ.


އެހެންވެ ޔައްސާ ޝާއުލްގެފާނަށް އެރުވުމަށް ހަދިޔާ ތައްޔާރު ކުރިއެވެ. އޭނާ ހިމާރަކަށް ލާފައި ރޮއްޓާއި މޭބިސްކަދުރު ދިޔައިގެ ހަމަކާއި ޅަބަކަރިއެއް ދާއޫދުގެ އަތުގައި ފޮނުވިއެވެ.


އަޅުގަނޑު މި ގެނައި ހަދިޔާ ސާހިބުގެ ފަހަތުން އަންނަ ޒުވާނުންނަށް ދެއްވާ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ