14 ތިމާގެ ކިބައިގައި ރޫޙާއި ޖޯޝް ހުރުމުން ބަލި ހަށިގަނޑަށް ގަދަކަން ލިބެއެވެ. އެކަމަކު ރޫޙު ނެތުމުން ފުރާނައަކަށް އެ ހަށިގަނޑަކު ނުހުރެވެއެވެ.
މޫސާގެފާނު އިސްރާއީލީންގެ ގާތު މާތްރަސްކަލާނގެ ވަޙީ ކުރެއްވި މި ބަސްފުޅުތައް ވިދާޅުވެ ދެއްވިއެވެ. އެކަމަކު އެމީހުން އެ ބަސްފުޅުތަކެއް އަޑެއް ނޭހިއެވެ. އެހެނީ އެމީހުން ވަނީ އަނިޔާވެރި ކަމުގެ ތެރޭގައި އަޅުންގެ ގޮތުގައި ޖެހުމުގެ ސަބަބުން ރޫޙާނީގޮތުން ބަލިކަށިވެފައެވެ.
އުފާވެރި ހިތެއް ވާނަމަ މޫނުމަތިން ހިނިތުންވުން ދައްކާނެއެވެ. ހަލާކުވެފައިވާ ހިތަކުން ފެންނާނީ ރޫޙު ގެއްލިފައިވާ ތަނެވެ.
އުފާވެރި ހިތަކީ ޝިފާއެކެވެ. ހިތާމަވެރިކަމަކީ ރޫޙު ބަލިކަށި ކޮށްލާ ކަމެކެވެ.
އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ. ތަފާތު މުސީބާތްތައް ކަލޭމެންނަށް ކުރިމަތިވާ ހިނދު ފުންކޮށް ވިސްނުމުގައިވެ އުފަލެއް ކަމުގައި ދެކޭށެވެ.
އެހެންވީމާ، އެދުވަހުން ތިޔަބައިމީހުން އުފާފާގަތި ކަމުގައިވާނެއެވެ. އެއީ ތިޔަބައިމީހުންނަށް އިރުކޮޅަކު ހިތްދަތި ކަމާއި އަދި ވޭނާ މުސީބާތްތަކާއި ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސްމެއެވެ.