1 ގުޅުންކުޑަ މީހާ ބަލާނީ އަމިއްލަ ފައިދާއަށެވެ. އެމީހުން ހެޔޮ ނަސޭހަތަށް ޖެއްސުން ކުރާނެއެވެ.
އިނބަރަސްކަލާނގެ މިއަޅާއާއި އިނބަރަސްކަލާނގެ މީހުންނާމެދު ރުހިވޮޑިގަންނަވާކަން މީހަކަށް އެނގޭނެ ގޮތަކީ ކޮބައިތޯ؟ އިނބަރަސްކަލާނގެ އަޅަމެންނާ އެކުގައި ވޮޑިގެން ނުވާނަމަ ބިންމަތީގައި އުޅޭ އެހެން މީހުންނާ އަޅުގަނޑުމެންނާ ދެމެދު ހުރި ތަފާތަކީ ކޮބައިތޯ؟“
އެމީހެއްގެ ހިތުގެ ދަތިހާލު އެނގޭނީ އެމީހަކަށެވެ. ތިމާގެ ހިތުގެ އުފާ ތިމާ ނުދަންނަ މީހަކާ ޙިއްސާއެއް ނުކުރެވޭނެއެވެ.
އަރައިރުމެއް ފެށުމެކޭ ހިފަހައްޓާފައި ހުރި ފެންގަނޑެއްގެ ދޮރާށި ހުޅުވާލުމެކޭ އެއްފަދައެވެ. ޒުވާބެއް ފެށުމުގެ ކުރީގައި އެކަން ހުއްޓުވާށެވެ.
ދެބަކުޓުވާ މީހާ ސިއްރު ބުނަމުން ހިނގާނެއެވެ. އެފަދަ މީހުންނާ ގުޅުން ނުބާއްވާށެވެ.
ޒުވާބެއްގެ ތެރެއަށް ނުވަނުމަކީ ޝަރަފުވެރިންގެ ސިފައެކެވެ. އަރައިރުން ކުރިއަށް ގެންދާނީ މޮޔައިންނެވެ.
މަގޭ ދަރިފުޅާއެވެ. މާތްރަސްކަލާނގެއާއި ރަސްގެފާނު ދެކެ ބިރުވެތިވާށެވެ. ބާޣީންނާ ބައިވެރިނުވާށެވެ.
ބަޔަކު މީހުން ކުރާ ޒުވާބުގަނޑެއްގެ ތެރެއަށް ވަނުމެކޭ ކުއްތާއެއްގެ ކަންފަތުގައި ހިފައި ދަމައިގަތުމެކޭ އެއްފަދައެވެ.
ދަރިފުޅާއެވެ! ވިސްނުންތެރިކަމާއެކު ކަންތައް ކުރާށެވެ. ތިމާގެ ބުއްދިފަސް ވިޔަނުދީ އުޅެވޭތޯ ބަލާށެވެ.
އަހަރެން ގަސްތުކުރާ ކަންތައް ކޮށް ނިންމަމެވެ. އަހަރެންގެ ހަމަބުއްދި ހުރެއެވެ. އަހަރެން ގަދަފަދައެވެ.
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ތިޔަބައިމީހުން ޚިޔާރު ކުރެވިފައި ވަނީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ސިއްރުތައް ދެނެގަތުމަށް ޓަކައި. ނަމަވެސް އަނެކުންނަށް އެފަދަ ސިއްރުތައް އެނގިގެންނުވޭ.
މާތްރަސްކަލާނގެ ރަސްކަންފުޅަކީ ދަނޑެއްގައި ފޮރުވިފައިވާ ޚަޒާނާއެއް ފަދަ އެއްޗެއް. އެޚަޒާނާ މީހަކަށް ފެނުމާއެކު އޭނާ އެޚަޒާނާ ފޮރުވާފައި ގޮސް ވީއުފަލުން އޭނާގެ ހުރިހާ މުދަލެއް ވިއްކާލާފައި އެ ދަނޑު ގަތް.
ޖެހިގެން އައި ދުވަހުގެ ވަރަށް ފަތިހުގެ ވަގުތެއްގައި އިރު އެރުމުގެ ކުރިން އީސާގެފާނު ތެދުވެ ވަޑައިގެން އެ ގެއިން ނުކުންނެވިއެވެ. އެ ކަލޭގެފާނު ވަޑައިގެންނެވީ އަވަށާއި ދުރުގައިވާ އެކަހެރި ހިސާބަކަށް ދުޢާ ކުރެއްވުމަށެވެ.
”ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ސިއްރު ހާމަކޮށްދެއްވައިފި. އެހެނަސް ތިޔަބައިމީހުން ނޫން އެހެނިހެން މީސްތަކުންނާއި އަހަރެން މުޚާތަބު ކުރާހިނދު އަންގައިދޭނީ މާނަފުން ވާހަކަތަކުން.
އެފަދަމީހުން މިއަދު ފައުޅުވެ ތިޔަބައިމީހުންގެ ތެރޭގައި ބައިބައިކުރުން އުފައްދައިފިއެވެ. އެބައިމީހުން ކުރަމުން ދަނީ ހިތަށް އެރިހާ ކަމެކެވެ. އެއީ އެބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ނެތުމާއެކު ވެސް މެއެވެ.