9 މަޢާފު ދިނުމަކީ ލޯބި އިތުރުވާ ކަމެކެވެ. އެކަމަކު އެވާހަކަ ތަކުރާރުކޮށް ދެއްކުމަކީ ގުޅުން ކެނޑިދާ ކަމެކެވެ.
ނަފްރަތުން އުފެދޭނީ އަރައިރުމެވެ. ލޯބި އަނެކާއަށް މަޢާފު ދޭނެއެވެ. ކުރެވޭ ކުށްތައް ފޮރުވައި ދޭނެއެވެ.
ފާސިދު މީހާ ފިތުނަ އުފައްދައެވެ. ދެބައޮޑުވުމުން ގާތް ރަޙުމަތްތެރިން ހަތުރުންނަށް ވެއެވެ.
އިސްލާހު ކުރުމަށް ވިސްނުންތެރިޔެއްގެ ގާތު މީހަކު ބުނެލާ އެންމެ ބަހެއް ވެސް، މޮޔައެއްގެ ގައިގައި އެއްތެލަކުން ސަތޭކަ އެތިފަހަރު ޖެހުމަށް ވުރެން ފައިދާ ކުރެއެވެ.
އޭރުން ޙައްޤުން އެއްކިބާވެފައިވީ ފާފަވެރިޔާ ހެޔޮމަގަށް ގެނެސް ދިނުމުން އޭނާގެ ފުރާނަ މަރުން ސަލާމަތް ވެއެވެ. އަދި އެބައިމީހުންގެ ގިނަގުނަ ފާފަތައް ޢަފޫކުރައްވައެވެ.
ސަބަބަކީ އެކަކު އަނެކަކާއިމެދު އިޚުލާސްތެރިކަމާއިއެކު ފުން ލޯތްބެއްގައި ވުމުން މީސްތަކުންގެ ކުށްފާފަތަކަށް މަޢާފު ދިނުމުގައި ތައްޔާރުވެ ތިބެވޭނެތީއެވެ.