6 ކާފަމާމައިން އެމީހުންގެ ކާފަމާމަ ދަރިންނާމެދު ފަޚުރުވެރި ވެއެވެ. ހަމަ އެފަދައިން ދަރިން އެމީހުންގެ މައިންބަފައިންނާމެދު ވެސް ފަޚުރުވެރި ވެއެވެ.
އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެންނަށް ތިބާ ދިރިހުއްޓައި އަލުން ފެންނާނެއެކޭ ހިއެއް ނުކުރަމު. އެހެނަސް ތިބާއާއި ތިބާގެ ދަރިން ވެސް މާތްކަލާނގެ އަހަރެންގެ ލޮލަށް ދައްކުވައި ދެއްވައިފި.“
އަފްރާއީމްއަށް ދަރިން ލިބި އަދި ކާފަ ދަރިން ލިބުނީ ވެސް ޔޫސުފުގެފާނު ދުނިޔޭގައި ހުންނަވަނިކޮށެވެ. އަދި ޔޫސުފުގެފާނުގެ ދަރިކަލުން މަނައްސާއަށް ފިރިހެން ދަރިއަކު ލިބުނެވެ. އޭނާގެ ނަމަކީ މާކީރު އެވެ. މާކީރުގެ ދަރިންނަކީ ޔޫސުފުގެފާނުގެ އުފަންދަރިން ކަމުގައި ހެއްދެވިއެވެ.
ކަލޭމެންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ. އޭރުން ކަލޭމެންނަށް އަހަރެން މިދޭ ބިމުގައި ފުރިހަމަ ދިގު އުމުރެއްގައި އުޅެވޭނެ.
ހެޔޮމީހުންގެ މުދާތައް ދާނީ އެމީހުންގެ ކާފަ ދަރިންނަށެވެ. ފާފަވެރިންގެ މުދާތައް ދާނީ ހެޔޮގޮތުގައި ތިބި މީހުންނަށެވެ.
ނުރަ ޖެހުމަކީ ފަޚުރުވެރި ތާޖެކެވެ. އެއީ ހެޔޮމީހުންނަށް ލިބޭ އިނާމެކެވެ.