4 ކުޓުވާ މީހުންގެ ބަސްތައް އަހާނީ ވިޔާނުދާ މީހުންނެވެ. ދޮގު އަޑުއަހާނީ ދޮގުވެރިންނެވެ.
އިވޭ ކޮންމެ އަޑެއް އަހާނީ ޖާހިލުންނެވެ. ބުއްދިވެރިޔާ ފައިތިލަ ބަހައްޓާނީ ވިސްނާފައެވެ.
ޤާނޫނަށް ތަބާނުވާ މީހުން ނުބައި މީހުންނަށް ސަނާ ކިޔައެވެ. ޤާނޫނަށް ބޯލަނބާ މީހުން ނުބައި މީހުންނާ ދެކޮޅު ހަދައެވެ.
މިފަދަ ދޮގު އެދުރުންނީ ދުނިޔަވީ ދޮގުވެރިންނެވެ. އެފަދަ މީހުންގެ އުނގަންނައިދިނުންތައް ބިނާވެފައި ވާނީ ވެސް ދުނިޔަވީ އުސޫލުތަކުގެ މައްޗަށެވެ. އަދި ދުނިޔޭގެ މީސްތަކުން އެފަދަ ދޮގުވެރިންގެ އަޑުއަހާނެއެވެ.