Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 17:2 - ކިތާބުލް މުޤައްދަސާ

2 ބުއްދިވެރި އަޅުސޮރު ވިޔާނުދާ ދަރީގެ މައްޗަށް ގަދަވެ، ސާހިބުމީހާގެ ތަރިކަ މުދަލުން ބައެއް އަތުލައިގަނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 17:2
9 ပူးပေါင်းရင်းမြစ်များ  

ގޮވާމުގެ ދުވަސްވަރު ގޮވާން ކުރާނީ ބުއްދިވެރި ދަރިއެކެވެ. އެދުވަސްވަރު ނިދަން އޮތުމަކީ ވިޔާނުދާކަމެކެވެ.


އާއިލާގެ ތެރޭގައި ހަމަނުޖެހުން އުފައްދާ މީހާއަށް އާޚިރުގައި އެކައްޗެއް ވެސް ނުލިބެއެވެ. މޮޔައިންވާނީ ބުއްދިވެރިންގެ އަޅުންނަށެވެ.


ބުއްދިވެރި ޚާދިމުންނަށް ރަސްގެފާނު އިނާމު ދެއްވައެވެ. އެރަސްގެފާނުގެ އަގުވައްޓާ މީހާއަށް އަދަބު ދެއްވައެވެ.


ހަމަނުޖެހުމެއްގެ ތެރޭގައި އިނދެ ކާ ބިރިއާންޏަކަށް ވުރެން ހަމަޖެހިގެން ހަމަހިމޭން ތަނެއްގައި އިނދެކާ ފާރޮށި ކުނޑިކޮޅު ވެސް މާ ރަނގަޅެވެ.


ރަނާއި ރިހި އިމްތިޙާނު ކުރެވެނީ އަލިފާނުންނެވެ. މީހާގެ ހިތް އިމްތިޙާނު ކުރައްވަނީ މާތްރަސްކަލާނގެއެވެ.


ބަފާޔަށް އިހާނާތްތެރިވެ މައިމީހާ ފައްސާލާ މީހާއަކީ މީހުންގެ ތެރޭގައި އަގުވެއްޓިފައި ހުރި މީހެކެވެ.


ދަރިން ތަރުބިއްޔަތު ކުރުމުން އެމީހުންގެ ޙިކުމަތްތެރިކަން އިތުރުވެއެވެ. ތަރުބިއްޔަތެއް ނެތް ދަރިން އަމަޔަށް ލަދުވެތިކަން ގެނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ