Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 17:17 - ކިތާބުލް މުޤައްދަސާ

17 ރަޙުމަތްތެރިޔާ ހުންނާނީ އަބަދުވެސް ތިމާއަށް ހެޔޮއެދުން މަތީގައެވެ. އަޚާ ހުންނާނީ އެހީއަކަށް ބޭނުންވާ ހިނދު އެހީތެރިވުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 17:17
16 ပူးပေါင်းရင်းမြစ်များ  

ޔޫނަތައިން އެވެ. އަހަރެން ތިޔަ އަޚާއަށްޓަކައި ހިތާމަ ކުރާނީ ކޮންފަދައަކުން ހެއްޔެވެ! ތިއީ އަހަންނަށް ކިހާ ހެޔޮ މީހެއް ހެއްޔެވެ! އަހަރެން ދެކެ ކިހާ ލޯބިވީ މީހެއް ހެއްޔެވެ! އެ ލޯތްބަކީ އިޝްގީ ލޯތްބަކަށް ވުރެން ވެސް މަތިވެރި ލޯތްބެކެވެ.


އެކަމަކު އިއްތާއީ ރަސްގެފާނަށް ދެންނެވިއެވެ. ”⁠މާތްރަސްކަލާނގެ ވޮޑިގެންވާހައި ހިނދަކު ކަލޭގެފާނު ދުނިޔޭގައި ހުރިހާތައް ދުވަހު އަޅުގަނޑު ހުންނާނީ ކަލޭގެފާނާއެކު. އަޅުގަނޑު ދުނިޔޭގައި ހުއްޓަސް އަދި މަރުވިޔަސް.⁠“


ފާސިދު މީހާ ފިތުނަ އުފައްދައެވެ. ދެބައޮޑުވުމުން ގާތް ރަޙުމަތްތެރިން ހަތުރުންނަށް ވެއެވެ.


ބައެއް ރައްޓެހިންގެ ކިބައިން ލިބެނީ ގެއްލުމެވެ. އަނެއްބައި ރައްޓެހިން ތިމާގެ އެއްބަނޑުމީހާއަށް ވުރެން ގާތްކަން ބޮޑެވެ.


މޮޔަދަރިން މައިންބަފައިން ބަރުބާދު ކުރެއެވެ. ޝަކުވާ ކުރާ އަނބިމީހާއެކޭ ހުއްޓާނުލާ ބޮލަށް ޖަހާ ފެންތިކިތަކެކޭ އެއްގޮތެވެ.


ފަގީރުމީހާގެ ގާތްތިމާގެމީހުން ވެސް އޭނާ ދެކެ ނަފްރަތުކުރެއެވެ. ވީއިރު ރައްޓެހިން ވަކި ގާތްކަމެއް ބަހައްޓާނެހެއްޔެވެ؟ ފަގީރުމީހާ އާދޭސްކޮށްކޮށް ހުއްޓާ އޭނާގެ ރައްޓެހިން ގެއްލި ދެއެވެ.


އެކަލޭގެފާނު މީސްތަކުން މުޤައްދަސް ކުރެއްވިއެވެ. މުޤައްދަސް ކުރެވުނު މީހުންގެ ބައްޕަކަމަށް ވާނީ އެކަލޭގެފާނުގެ ވެސް ބައްޕާފުޅެވެ. އީސާގެފާނު އެމީހުންނަކީ ތިމަންކަލޭގެފާނުގެ ކޮއްކޮމެން ކަމަށް ވިދާޅުވާން ލަދުފުޅު ނުގަންނަނީ އެހެންވީމައެވެ.


ރާޢޫތު މީގެ ޖަވާބުގައި ބުންޏެވެ. ”⁠އާދޭސް ކޮށްފައި ބުނަން. މަންމާ! މަންމަ ދޫކޮށް އެނބުރި އަޅުގަނޑުގެ އަމިއްލަ ރަށަށް ދިއުމަށް އަޅުގަނޑުގެ ކިބައިން ނޭދޭ. އަޅުގަނޑު ދާނީ މަންމަ ދާ ތާކަށް. އަދި ދިރި އުޅޭނީ ވެސް މަންމައާ އެކުގައި. މަންމަގެ މީހުންނަކީ އަޅުގަނޑުގެ ވެސް މީހުން. އަދި މަންމަގެ ކަލާނގެ އަކީ އަޅުގަނޑުގެ ވެސް ކަލާނގެ.


ޔޫނަތައިން ދާއޫދުއާ ދެމެދު ޢަހުދު ގާއިމުކޮށްފިއެވެ. އެއީ އޭނާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން ލޯބިވާތީއެވެ.


ޔޫނަތައިން މިވާހަކަ ދާއޫދުގާތު ބުނެފިއެވެ. ”⁠ބައްޕާ ކަލޭ މަރާލަން އެބަ އުޅެއެވެ. ވިސްނައިގެން އުޅޭތި. ހެދުނު ހެނދުނާ ދަނޑު ތެރެއަށް ގޮސް ތަނެއްގައި ފިލާ އޮވޭ.


އަހަރެން އަންނާނަން ބައްޕަ ގޮވައިގެން ކަލޭ ފިލާ އޮތް ތަނަށް. ބައްޕަ ގާތު ކަލެއާ ބެހޭގޮތުން އަހަރެން ވާހަކަ ދެއްކީމާ ވާގޮތެއް ކަލޭ ގާތު ބުނާނަން.⁠“


މިފަދައިން ޔޫނަތައިން އަލުން މި ޢަހުދު އާކުރީ ދާއޫދު ދެކެ އޭނާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން ލޯބިޖެހިފައި ވާތީއެވެ.


އެކަމަކު ޝާއުލްގެފާނުގެ ދަރިކަލުން ޔޫނަތައިން އައިސް ދާއޫދަށް މާތްކަލާނގެއަށް އިތުބާރު ކުރުމަށް ހިތްވަރު ދިނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ