ހަރުބަސްތައް 17:11 - ކިތާބުލް މުޤައްދަސާ11 ނުބައި މީހުން ހަމަނުޖެހުން އުފައްދަން އަވަސްވެގަނެއެވެ. އެކަމަކު އެމީހުންނަށް ގަދަފަދަ ސަޒާ ދެވޭނެއެވެ. အခန်းကိုကြည့်ပါ။ |
އެތަނުގައި ބިކްރީގެދަރި ޝަބަޢަ ހުއްޓެވެ. އޭނާ އަކީ ވަރަށް ނުބައި މީހެކެވެ. މި ޝަބަޢަ އަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެކެވެ. ޝަބަޢަ އޭނާގެ މީހުން އެއްތަން ކުރުމަށް ތާޅަފިލި ފުމެލައިފިއެވެ. އޭނާ ބުންޏެވެ. ”އަހަރެމެންނަކާ ދާއޫދުއަކާ ވާކަމެއް ނެތް. އަހަރެމެންނަކާ ޔައްސާގެ ދަރިޔަކާ ވެސް ގުޅުމެއް ނެތް. އެންމެން ހިނގާ ގެޔަށް ދާން.“
އެ ބުއްދިވެރި އަންހެން މީހާ ގޮސް ސަހަރުގެ މީހުން ގާތު މިވާހަކަ ބުނެފިއެވެ. ދެން އެމީހުން ބިކްރީގެ ދަރި ޝަބަޢަގެ ބޯ ކަނޑާފައި ޔުއާބުގެ ކުރިމައްޗަށް ފާރު މަތިން ވައްޓާލައިފިއެވެ. އެހެންވެ ޔުއާބު ތާޅަފިލި ފުމެލައިފިއެވެ. ދެން ހަނގުރާމަވެރިންގެ ފައުޖުގެ މީހުން އެ ސަހަރު ދޫކޮށް އެނބުރި ގެޔަށް ހިނގައްޖެއެވެ. ޔުއާބު ރަސްގެފާނުގެ ގާތަށް ޖެރޫސަލަމަށް ހިނގައްޖެއެވެ.