10 އިސްލާހު ކުރުމަށް ވިސްނުންތެރިޔެއްގެ ގާތު މީހަކު ބުނެލާ އެންމެ ބަހެއް ވެސް، މޮޔައެއްގެ ގައިގައި އެއްތެލަކުން ސަތޭކަ އެތިފަހަރު ޖެހުމަށް ވުރެން ފައިދާ ކުރެއެވެ.
ބުއްދިވެރި ދަރިން އެ ދަރިންގެ މައިންބަފައިން ތަރުބިއްޔަތު ކުރުމުން އެކަން ބަލައިގަނެއެވެ. ފުރައްސާރަކުރާ ދަރިން އެ ތަރުބިއްޔަތަކަށް ސަމާލުކަމެއް ނުދެއެވެ.
މައިންބަފައިންގެ ތަރުބިއްޔަތަށް ނުކިޔަމަންތެރިވާނީ މޮޔަ ދަރިންނެވެ. އިސްލާހުކުރުން ބަލައިގަންނާނީ ބުއްދިވެރި ދަރިންނެވެ.
ނުބައި މީހުން ހަމަނުޖެހުން އުފައްދަން އަވަސްވެގަނެއެވެ. އެކަމަކު އެމީހުންނަށް ގަދަފަދަ ސަޒާ ދެވޭނެއެވެ.
މަޢާފު ދިނުމަކީ ލޯބި އިތުރުވާ ކަމެކެވެ. އެކަމަކު އެވާހަކަ ތަކުރާރުކޮށް ދެއްކުމަކީ ގުޅުން ކެނޑިދާ ކަމެކެވެ.
ނުވިސްނޭ މީހުންނަށް ތަންދޮރު އެނގެނީ ފުރައްސާކުރާ މީހާއަށް އަދަބުލިބޭތަން ފެނުމުންނެވެ. ވިސްނޭ މީހާ އިސްލާހުކޮށްލުމުން އޭނާ އެކަން ވިސްނައިގަނެއެވެ. އަދި ކުރިޔަށް ވުރެން ވެސް ބޮޑަށް އޭނާއަށް ތަންދޮރު އެނގިދެއެވެ.
ވަނަކަށް އަޅައި ތަޅާ ހިމުން ކުރިޔަކަސް މޮޔައެއްގެ ކިބައިގައިވާ މޮޔަކަމެއް ނުފިލާނެއެވެ.
ބަސްތަކުން އެކަނި ޚާދިމުން ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. އެބަސް އެމީހުން އަޑުއަހާފާނެއެވެ. އެކަމަކު އެޔަކަށް އަމަލެއް ނުކުރާނެއެވެ.
އަހަރެން އިސްލާޙުކޮށް ތަރުބިއްޔަތު ކުރާނީ އަހަރެން ލޯބިވާ ހުރިހާ އެންމެން. އެހެންވީމާ އިޚުލާސްތެރިވެ ތިބޭ. އަދި ފާފަ ކުރުމުން އެއްކިބާވެ ތައުބާވޭ.