8 ތެދުވެރިކަމާއެކު މަދު އެތިކޮޅެއް ލިބުން ދޮގުވެރި ގޮތުގައި މުއްސަނދި ވުމަށް ވުރެން މަންފާ ބޮޑެވެ.
މަދު އެތިކޮޅެއް ލިބި ހުރެ މާތްރަސްކަލާނގެއަށް ބިރުވެތިވާ މީހާ މުދާވެރިވެ ހާސްކަން މަތީ ހުންނަ މީހާއަށް ވުރެން މާ ރަނގަޅެވެ.
ނަފްރަތުގެ ތެރޭގައިކާ ބޮޑު ކޭމަކަށް ވުރެން ލޯތްބާއެކު ލިބޭ ކުޑަ ކާއެތިކޮޅު މާރަނގަޅެވެ.
މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުމުން އަދާވާތްތެރިން ވެސް އެމީހުނާ ސުލްޙަ ވެއެވެ.
ކަންތައް ރާވަނީ އިންސާނާއެވެ. ކަންތައް ކުރެވޭނެ ގޮތް މެދުވެރި ކުރައްވަނީ މާތްރަސްކަލާނގެއެވެ.
ހަމަނުޖެހުމެއްގެ ތެރޭގައި އިނދެ ކާ ބިރިއާންޏަކަށް ވުރެން ހަމަޖެހިގެން ހަމަހިމޭން ތަނެއްގައި އިނދެކާ ފާރޮށި ކުނޑިކޮޅު ވެސް މާ ރަނގަޅެވެ.
ފަގީރު ތެދުވެރިޔަކަށްވެ ހުރުން ކެހިވެރި މުއްސަންޖަކަށް ވުމަށް ވުރެން ހެވެއެވެ.