32 ބާރުގަދަވުމަށް ވުރެން ކެތްތެރިވުން ރަނގަޅެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުން ސަހަރެއް ފަތަޙަ ކުރުމަށް ވުރެން މޮޅެވެ.
ރުޅިމަޑުމީހާގެ ކިބައިގައި ހަމަ ވިސްނުން ހުންނާނެއެވެ. ރުޅިގަދަ މީހާ ކުރާނީ މޮޔަ ކަންތަކެވެ.
ރުޅިގަދަ މީހާ ޒުވާބެއް ފަށައެވެ. މައިތިރި މީހާ އެ ޒުވާބު ފިނި ކުރެއެވެ.
ހިތްތިރިކަމާއި ފަގީރު ކަމުގައި ދިރިއުޅުން ބޮޑާކަމާއި އެކު ފޭރިގަންނަ މުދާ ލިބިގަތުމަށް ވުރެން މާހެވެވެ.
ނުރަ ޖެހުމަކީ ފަޚުރުވެރި ތާޖެކެވެ. އެއީ ހެޔޮމީހުންނަށް ލިބޭ އިނާމެކެވެ.
ގުރުއަތުލުމަށް ހިލަކޮޅު ވައްޓަނީ އަހަރެމެންނެވެ. އެކަމަކު އެއެތިކޮޅު ފުރޮޅޭނެ ގޮތެއް ނިންމަވަނީ މާތްރަސްކަލާނގެއެވެ.
ބޯހަމަޖެހޭ މީހުންގެ ރުޅި ކޮންޓްރޯލް ކުރާނެއެވެ. މީހުންގެ ފަރާތުން ލިބޭ އުނދަގޫތަކަށް ކެތްކޮށް އެކަމާ އަޅާނުލާ މީހުންނަށް އިޙްތިރާމް ލިބިގެންވެއެވެ.
ކެތްތެރިކަން އަމީރުގެ ރުހުން ހޯދައެވެ. މަޑުމައިތިރި ބަސްތައް ދެކޮޅުވެރިންގެ މައިކަށި ބިންދާލައެވެ.
ނަފްސުގެ މައްޗަށް ބާރު ނުފޯރާ މީހާއެކޭ ބޮޑުފާރު ތަޅާލެވިފައިވާ ރަށެކޭ އެއްފަދައެވެ.
ތިޔަބައިމީހުން ކުރާ ކޮންމެ ކަމެއްގައި މާތްރަސްކަލާނގެއީ ނަމޫނާ ކަމުގައި ބަލާށެވެ. ސަބަބަކީ ތިޔަބައިމީހުންނީ އެކަލާނގެ ލޯބިވާ ދަރިންނެވެ.
އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވޭ. ހަނދާނުގައި މިކަން ބަހައްޓާށެވެ! އަނެކުންގެ ވާހަކަތައް ޝައުގުވެރިކަމާއެކު އަޑުއަހާށެވެ. ކަލޭމެންގެ ވާހަކަތަކަށް ފަސްޖެހޭށެވެ. ސިނގުރުޅި ނަންނާށެވެ.
ނަސްރު ހޯދާ ހުރިހާ އެންމެން އަހަރެންނާއި އެކުގައި ތަޚުތުގައި އިށީނުމުގެ ޙައްޤު ދޭނަން. އެއީ އަހަރެން ވެސް ނަސްރު ހޯދައި އަހަރެންގެ ބައްޕާފުޅުގެ ތަޚުތުގައި އިށީނދެއިން ފަދައިން.