Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 16:29 - ކިތާބުލް މުޤައްދަސާ

29 އަނިޔާވެރިން އެމީހުންގެ އެކުވެރިންނަށް މަގު އޮޅުވާލައެވެ. އެމީހުންލައްވާ ގޯސް ހައްދުވައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 16:29
13 ပူးပေါင်းရင်းမြစ်များ  

ނުބައި މީހުންގެ ނުބައި ބަސްތަކުން އަވަށްޓެރިޔާއަށް މުސީބާތް ކުރިމަތި ކުރެއެވެ. އެހެންނަމަވެސް ހެޔޮ މީހާ ތަންދޮރު ދަންނާތީ އޭނާގެ ރައްކާތެރިކަން ހޯދައިގަނެއެވެ.


ޞާލިޙު މީހާ އޭނާގެ އަވަށްޓެރިޔާއަށް ހެޔޮ މަގުދައްކައެވެ. ނުބައި މީހާ އެމީހުންނަށް ދައްކާނީ ގެއްލުން ހުރި މަގެވެ.


ފާސިދު މީހާ ފިތުނަ އުފައްދައެވެ. ދެބައޮޑުވުމުން ގާތް ރަޙުމަތްތެރިން ހަތުރުންނަށް ވެއެވެ.


ލޯކުނާކޮށް އިޝާރާތް ކުރާ މީހުންގެ ނުބައި ނިޔަތެއް އޮވެއެވެ. މިޔަކަނުން ހިނިތުން ވަނީ ނުބައި ރޭވުމަކާ އެކުއެވެ.


އަނިޔާވެރިންގެ ގޮތްތަކަށް ހިތް ލަންބައި އެމީހުންގެ މިސާލުގައި ނުހިފާށެވެ.


ރަޙުމަތްތެރިންނޭވެ. ވަގުތު އައުމުގެ ކުރިން އަހަރެން ތިޔަބައިމީހުންނަށް އިލްތިމާސް މި ކުރަނީ މިކަންތައްތަކާ މެދު ސަމާލުވެ ތިބުމަށެވެ. ގޮތެއްފޮތެއްނެތް މީސްތަކުން ކުރާ ގޯސްކަންތަކުގައި ތިޔަބައިމީހުން ޖެހި އެބައިމީހުން ދައްކާ މަގުން ނުދިއުމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިގެންވާ އީމާންތެރިކަމުގައި ކައްސައިނުލައި ދެމިތިބުމަށެވެ.


އެރޭ ދާއޫދުގެ ގޭދޮށަށް ޝާއުލްގެފާނުގެ ސިފައިން ފޮނުވިއެވެ. އެއީ ވަރަށް ހެނދުނު އޭނާ ނުކުންނަ ތަނުން މަރާލުމަށެވެ. ދާއޫދުގެ އަންހެނުން މީކާލް އޭނާއަށް ޚަބަރު ކުރިއެވެ. ”⁠މިރޭ ކަލޭ ނުފިލައިފި ނަމަ މާދަމާ އިރު އަރާއިރު އެމީހުން ކަލޭ މަރާލާނެ.⁠“


ޝާއުލްގެފާނު މީކާލަށް ވިދާޅުވިއެވެ. ”⁠ކަލޭ އަހަންނަށް ކެހި ދިނީ ކީއްވެތަ؟ އަހަރެންގެ އަދާވާތްތެރިޔާ ކަލޭ ތިޔަ ދިޔަ ދިނީ ކީއްވެ؟⁠“ މީކާލް ދެންނެވިއެވެ. ”⁠އޭނާ ފިލައި ރައްކާވާން އެހީ ނުވެއްޖެއްޔާ އަޅުގަނޑު މަރާލާނަމޭ ބުނުމުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ